މަސައްކަތް
ނަންބަރު: (IUL)438-ENV/438/2017/239
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 12 ޑިސެންބަރު 2017 14:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
"ރިޕްލޭސްމަންޓް އިންސެންޓިވް ސްކީމް" އަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން

އިޢުލާން

މިމިނިސްޓްރީ އިން 16 ނޮވެމްބަރ 2017 ގައި ނަންބަރު: IUL)438-ENV/438/2017/226) ވަނަ ދުވަހު ގެޒެޓްކުރެވިފައިވާ އިއުލާނުގައިވާ "ރިޕްލޭސްމަންޓް އިންސެންޓިވް ސްކީމް" އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު އިތުރު ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރަމުންދާތީ 12 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 14:00 އަށް އިތުރު ކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި މިނިސްޓްރީގެ ވެބްސައިޓްގައި ޝާއިރުކޮށްފައިވާ "ރިޕްލޭސްމަންޓް އިންސެންޓިވް ޕްރޮގްރާމް" ފޯމުގައި ބަޔާންކޮށްފައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު 12 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 1400 ގެ ކުރިން މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. މައުލޫމާތު ފުރިހަމަ ނޫން ފަރާތްތަކުގެ ފޯމުތައް އިވަލުއޭޝަންގައި ބައިވެރިނުކުރެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. ފޯމު މި އިޢުލާނާއެކީ ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކުރެވިފައިވެސް ވާނެއެވެ.

 

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯނު: 3018341 960+ ، ފެކްސް: 3018301 960+

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

 

29 ނޮވެންބަރު 2017