ދިވެހިރާއްޖެ
c
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީ
މާލެ، ދިވެހިރާއްޖެ
(IUL) 164/1/2017/64 ނަންބަރު:
ސޮފްޓްވެއަރ އެނަލިސްޓް ފޮރ އީ-ސަރވިސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް |
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޯލޮޖީގެ ބެލުމުގެ ދަށުން އީ-ސަރވިސް ޑިވަލޮޕްމަންޓް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނެ ހީވާގި، ޤާބިލް، މަސައްކަތައް ޝައުޤުވެރިކަންހުރި ސޮފްޓްވެއަރ އެނަލިސްޓްއެއް ހޯދަން ބޭނުންވެއެވެ.
|
ބޭނުންވާ އަދަދު: |
02 (ދޭއް) |
|
|
|
މަސައްކަތުގެ މުއްދަތު: |
1 އަހަރު ( މަސައްކަތުގެ ފެންވަރު ބެލުމަށް ފަހު މުއްދަތު އިތުރު ކުރެވޭނެ) |
|
|
|
މަސައްކަތުގެ ވަގުތު: |
ބަންދުނޫން ކޮންމެ ދުވަހަކު ހެދުނު 08:00 މެންދުރުފަހު 02:00 (އޮފީހުން ބޭނުންވެއްޖެ ހާލަތެއްގައި ހަވީރު 00:04 ޖަހަންދެން މަސައްކަތް ކުރެވެންވާނެއެވެ.) |
|
|
|
އުޖޫރަ: |
މަހަކު 12,000/- ރުފިޔާ |
|
|
|
ފެންވަރު/ޝަރުތު |
(މި މަޤާމަށް މީހުން ހޮވުމުގައި މަޤާމާއި ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލް ކޮށްފައިވާ ކެންޑިޑޭޓުން އަދި ސޮފްޓްވެއަރ ރިކުއަރމަންޓް ޑޮކިއުމަންޓް ތައްޔާރުކުރުމާއި ސޮފްޓްވެއަރ ޓެސްޓް ކުރުމުގައި މަދުވެގެން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ކެންޑިޑޭޓުންނަށް އިސްކަން ދެވޭނެއެވެ.)
(މިމަސައްކަތައް ބޭނުންވާ ފެންވަރާއި ޝަރުތުގެ އިތުރު ތަފްސީލު އަދި "ޓާމްސް އޮފް ރިފަރެންސް" މިއޮފީހުގެ ވެބްސައިޓް (www.ncit.gov.mv) އިން ލިބެން ހުންނާނެއެވެ.)
|
|
|
|
މައިގަނޑު މަސައްކަތްތައް: |
|
|
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމު ދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓް ކުރަން ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރި ކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓްފިކެޓުތަކުގެ ކޮޕީ.
|
|||
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 12 ޑިސެންބަރ 2017 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއަށެވެ. އެޕްލިކޭޝަން އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ 3344004 އެވެ. އެޕްލިކޭޝަން އާއިއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލްކުރެވޭނެއެވެ.
|
|||
އިތުރު މަޢުލޫމާތު ހޯދުން: |
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3344000 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3344004 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|||
29 ނޮވެންބަރ 2017