މަސައްކަތް
ނަންބަރު: (IUL)257/257/2017/53
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 21 ޑިސެންބަރު 2017 13:00
ތިލަދުންމަތީ އުތުރުބުރީ ބާރަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ.ބާރަށުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވެއެވެ.

  1. ހއ.ބާރަށު ކައުންސިލްގެ އިދާރާގެ ސަރަޙައްދުގައިއާއި މިހާރު ހަންތައް ބެހެއްޓިފައިވާ މަސްޖިދުލްޢަމަލު އަދި މަސްޖިދުއްސަލާޙް މިސްކިތުގައިވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމު ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
  2. ވީމާ މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ނޮވެމްބަރ 2017 އިން 05 ޑިސެމްބަރ 2017 ވަނަ ދުވަހުގެ ނިޔަލަށް ރަސްމީދުވަސްތަކުގެ ހެދުނު 10:00 އާއި 11:00 އާއި ދެމެދު ބާރަށު ކައުންސިލްގެ އިދާރާއަށް އައިޑީކާޑު ހިއްޕަވައިގެން ދުރުވެ ނުވަތަ މި އިދާރާގެ ނަމްބަރު 6500016 ފޯނާ ގުޅުއްވާ ނަންނޯޓް ކުރެއްވުމުން ހިލޭ އެފަރާތްތަކަށް ބީލަންފޮތް ދޫކުރެވޭނެއެވެ.
  3. މިމަޝްރޫއުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލްގެ އިދާރާގައެވެ.
  4. ބިޑް ހުޅުވުން އޮންނާނީ 21 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ބާރަށު ކައުންސިލްގެ އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ.

ހ. "ހއ.ބާރަށުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް"

ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

 

            ބީލަން ފޮތުގައި ފުރިހަމަ ކުރަން ކަނޑައަޅާފައިވާ ހުރިހާ ފޯމްތައް ފުރިހަމަ ނުވާނަމަ ބިޑް ކެންސަލް ކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިނުވާާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.ބީލަންފޮތާއި ހަވާލުވުމަށާއި،ޕްރީ ބިޑް ބައްދަލުވުމަށާއި، ބިޑްު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޟިރުވުން އެދެމެވެ. އަދި ޕްރީ ބިޑް ބައްދަލުވުމުގައި ބައިވެރިނުވާާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކާއި ދެންނެވީމެވެ.

           އަދި މި އިދާރާއިން ކުރި ނަމްބަރު (IUL)257/257/2017/33 (12 ޖޫން 2017) އިޢުލާންއާއި ގުޅިގެން ހުށަހެޅި ބިޑް ތަކުގައި މައްސަލަ ހުރުމުންނާއި އަދި ހުށަހަޅާފައިވާ އަގުތައް ބޮޑުކަމަށް ފެންނާތީ އެ އިޢުލާންވަނީ ބާތިލްކުރެވިފައެވެ.

28 ނޮވެމްބަރ 2017

 

29 ނޮވެންބަރު 2017