މަސައްކަތް
ނަންބަރު: GS157/2017/IU20
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:01
ސުންގަޑި: 10 ޑިސެންބަރު 2017 10:00
ފެންފުށީ ސްކޫލް
ދިވެހިރާއްޖެ
ސެކިޔުރިޓީ އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން.

ސެކިޔުރިޓީ އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓާދޭނެ ފަރާތެއް ހޯދުން. 

 

        މި ސްކޫލްގެ 2018 ވަނަ އަހަރުގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓް ސޯސްކޮށްގެން ހިންގާބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އިޢުލާން ކުރަމެވެ.

       ވީމާ މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެމްބަރ 2017 ވާ ބުދަ ދުވަހުގެ 10:00 އަށް ސްކޫލަށް ޙާޟިރުވެ މަޢުލޫމާތުސާފު ކުރެއްވުމަށްފަހު 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހު 10:00  އަށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.
      މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ކެނޑުން އިސްވެދެންނެވި ގަޑީގައި މި އޮފީހުގައި އޮންނާނެއެވެ. އަދި އަންދާސީ ހިސާބު ކެނޑުމުގައާއި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގެންނެވޭނަމަ ސިޓީ އަކާއެކު ބަދަލުވުމަށް އެހެން ބޭފުޅަކު ފޮނުވި ދާނެއެވެ.

             ބީލަން ހުށަހެޅޭނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.  މިގޮތުން މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮންކުންފުންޏެއްކަން އެގޭނެ ލިޔުމެށް ހުށަހަޅުންވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުން ނަމަ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ އަސްލު ގެންނަންވާނެއެވެ.

     މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ހާޟިރުވެވަޑައިނުގަންނަވާ ފަރާތަކުން ހުށައަޅުއްވާ އަންދާސީ ހިސާބް ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާއިރު އައި.ޑީ ކާރޑު ގެންނެވުން އެދެމެވެ.

        ވީމާ ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

11 ރަބީޢުލްއައްވަލް 1439

29 ނޮވެމްބަރ 2017

 

29 ނޮވެންބަރު 2017