މަސައްކަތް
ނަންބަރު: GS96/2017/316
ޕަބްލިޝްކުރި ތާރީޚް: 29 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:39
ސުންގަޑި: 12 ޑިސެންބަރު 2017 13:30
ކުމުންދޫ ސްކޫލް
ދިވެހިރާއްޖެ
ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުން

އިޢުލާން

                                          

 

      މި ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓއިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: GS96/2017/299 އިޢުލާނާ ގުޅިގެން އަންދާސީ ހިސާބު ހުށައެޅި ފަރާތްތައް މަދުކަމަށް ފެންނާތީ، އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ.

          ވީމާ، ކުމުންދޫ ސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައި ދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ކުމުންދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން ކުމުންދޫ ސްކޫލަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

12 ޑިސެމްބަރ 2017 (އަންގާރަ) ދުވަހުގެ 13:30 އަށް

14 ޑިސެމްބަރ 2017 (ބުރާސްފަތި) ދުވަހުގެ 13:30 އަށް

 

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން އައި.ޑީ.ކާޑު އަދި ވިޔަފާރި ރަޖިސްޓްރީގެ ކޮޕީއެއް ހިއްޕަވައިގެން ވަޑައިގެންނެވުން އެދެމެވެ. ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ބަންދު ނޫން ދުވަސްދުވަހުގެ ހެނދުނު 08:00 ން މެންދުރުފަހުގެ 14:00 އަށް 6520531 ، 7520531 ނަންބަރު ފޯނާއެވެ.

މި މަސައްކަތަށް ބީލަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

11  ރަބީޢުލްއައްވަލް  1439

29 ނޮވެންބަރު 2017