ދިވެހިރާއްޖެ
216-MPAO/I/2017/33:ނަންބަރު
އިޢުލާން
ކޮންޓްރެކްޓް އުޞޫލުން، ދުވަހު މުސާރައަށް މި އޮފީހުގެ ލިޔެކިޔުންތައް ބަހައިދޭނެ ފަރާތެއް ހޯދުމަށް 15 ނޮވެމްބަރު 2017 ވަނަ ދުވަހު ކޮށްފައިވާ ނަންބަރު 216MPAO/I/2017/28 އިޢުލާންއާއި ގުޅިގެން، އެއްވެސް ފަރާތެއް ކުރިމަތިލާފައި ނުވާތީ، އެއިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.
އުޖޫރަ:
-
މަސައްކަތަށް ނިކުންނަ ކޮންމެ ދުވަހަކަށް 150 ރުފިޔާ އަދި ހަވާލު ކުރާ ކޮންމެ ލިޔުމަކަށް 10 ރުފިޔާ ދެވޭނެއެވެ.
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
-
ދިވެހި ރައްޔިތެއްކަމުގައިވުން.
-
ދިވެހި އަދި އިނގިރޭސިބަހުން ލިޔަން ކިޔަން އަދި މުޢާމަލާތް ކުރަން އެގުން
-
އަމިއްލަ ސައިކަލެއް ދުއްވާ، ލައިސަންސް އޮންނަ ފަރާތެއް ކަމުގައިވުން.
-
މި މަސައްކަތާ ގުޅޭ ދާއިރާއަކުން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
ސުންގަޑި:
މި މަސައްކަތްކޮށް ދެއްވުމަށް ޝަޢުގުވެރިވެލައްވާ، ފަރާތްތަކުން ތިރީގައި މިދަންނަވާ ލިޔެކިޔުންތައް 11 ޑިސެންބަރު 2017 ވާ ހޯމަ ދުވަހުގެ 14:00ގެ ކުރިން މި އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.
-
މި މަސައްކަތްކޮށް ދިނުމަށް ޝައުގުވެރިވާކަން ބަޔާންކޮށް ހުށަހަޅާ ސިޓީ
-
ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
-
ލިބިފައިވާ ތަޢުލީމީ ސަނަދުތަކުގެ ކޮޕީ
-
މި މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ސިޓީ ސްކޮއަރ (08 ވަނަ ފަންގިފިލާ)، ޗާނދަނީ މަގު
ފޯން: 1441
އީމެއިލް: [email protected]
29 ނޮވެންބަރު 2017