ވަޒީފާގެ ފުރުޞަތު
ނަންބަރު: GS-165/IUL/2017/07
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:55
ސުންގަޑި: 10 ޑިސެންބަރު 2017 12:00
ވޭވަށު ސްކޫލް
ދިވެހިރާއްޖެ
Administrative Officer

މަޤާމް :Administrative Officer
ބޭނުންވާ އަދަދު :1

ނަންބަރ: GS-165/IUL/2017/07

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ ޢަދަދު

01 (އެކެއް)

މަޤާމްގެ ގިންތި

ދާއިމީ

މަޤާމްގެ ރޭންކް

ޖީއެސް 3

މަޤާމްގެ ކެލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ސެކްޝަން

އެޑްމިން ޝެކްސަން

މަޤާމްއޮތް އޮފީސް

ވޭވަށު ސުކޫލް

ވަޒީފާ އަދާކުރަންޖެހޭ ތަން

ވޭވަށު ސުކޫލް

މުސާރަ

4465/-

ސަރވިސް އެލަވަންސް

1500/-

އިތުރު އިނާޔަތްތައް:

 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހެފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 3. ސިވލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ ޝަރުތު

1- އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް/ އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއަކުން  މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމުގެ އިތުރުން، ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން " ސީ" ގްރޭޑް ލިބިފައިވުން..

ވަޒީފާގައި ކުރަންޖެހޭ މައިގަޑު މަސައްކަތްތައް:

1-ސްކޫލަށް އަންނަ ހުރިހާ ސިޓީ،މެސެޖު،ބިލް އަދި އެހެނިހެން ލިޔެކިޔުން ބަލައިގަތުމާއި، އެންޓްރީ ކުރުން.

2- މުވައްޒަފުންގެ އަހަރީ ޗުއްޓީއާއި ސަލާމާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްކުރުން.

3- ކޮންމެ މަހެއްގެ މުވައްޒަފުންގެ ޙާޟިރީ ރިޕޯޓް ތައްޔާރުކުރުން.

4- ސްޓޮކް ބެލެހެއްޓުމާއި އިންވެންޓްރީ ބެލެހެއްޓުން.

5- ސްކޫލަށް ބޭނުންވާ ލިޔެކިޔުމުގެ ތަކެތީގެ ސްޓޮކް ހުސްވުމުގެ ކުރިން  ތަކެތި ހޯދުމުގެ މަސައްކަތް ކުރުން.

6- މުވައްޒަފުންގެ ޕާސަނަލް ފައިލްތައް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އިތުރުވާމުވައްޒަފުންގެ ޕާސަނަލް ފައިލުތައް ތައްޔާރުކުރުން.

7- މުވައްޒަފުންގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.

8 - ސްކޫލަށް ވަންނަ ދަރިވަރުންގެ ފޯމްތައް ބަލައިގަތުމާއި، ދަރިވަރުން ރަޖިސްޓްރީއަށް އެރުވުން.

9- ޔައުމިއްޔާ ލިޔެބެލެހެއްޓުން

10- އެކިއެކި ބައްދަލުވުންތަކަށް ދެންނެވުމާއި، އަންގަންޖެހޭ އެންގުންތައް ތައްޔާރުކޮށް ފޮނުވަންޖެހޭ   ފަރާތްތަކަށްފޮނުވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:

  • 1- ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށްބަލައިގެން.
  • 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • 3- ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
  • 4- މީގެ އިތުރުން ކޮމްޕިއުޓަރަށް އަހުލުވެރިވެފައިވާ މިންވަރު ބެލެވޭނެއެވެ.

މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާން ކުރުން އޮންނާނެ ތާރީޚާއި ތަން:

- މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، 11  ޑިސެމްބަރ 2017 އާއި 13 ޑިސެމްބަރ 2017 އާ ދެމެދު ވޭވަށު ސުކޫލުގައި އޮންނާނެއެވެ.

- މި މަޤާމަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ. އިންޓަވިޔުކުރެވޭނީ، ޝޯޓް ލިސްޓް ކުރާއިރު ހޮވޭ ފަރާތްތަކާއެވެ

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. 1- ފުރިހަމަކޮށްފައިވާ، ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، މި ސްކޫލުގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ www.csc.gov.mv ގެ ވެބްސައިޓުން  މި ފޯމު ޑައުންލޯޑް  ކުރެވެންވެސް ހުންނާނެއެވެ.)
  2. 2- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ،އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  3. 3- ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ  (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީއާއި، ޓްރާންސްކްރިޕްޓުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ (މިފަދަ ސެޓުފިކެޓުތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.

(ނ) ސިވިސް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުން ހިންގާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. 4- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. 5- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާއިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ( ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މުވައްޒަފުންގެ އަދި މުވައްޒަފުންއަދަދު ބަޔާންކޮށްފައިވާ)
  3. 6- ވަޒީފާއަށް އެދޭ ފަރާތުގެ މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެވިފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  4. 7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި:

މިވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު ފޯމާއެކު ހުށަހަޅަންޖެހޭ ލިއުންތަކާއެކު 10 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 12:00 ގެ ކުރިން ވޭވަށު ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން، މި ސުކޫލުގެ  7952906 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.

     

 

10 ރަބީޢުލް އައްވަލް 1439

28   ނޮވެމްބަރ  2017

 

ޙުސައިން ޝުޖާޢު     

ލީޑިންގް ޓީޗަރ     

(ހިންގުމާ ހަވާލުވެހުރި)   

28 ނޮވެންބަރު 2017