ދެންނެވުން
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:53
ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އުޞުލަކީ މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ނަންބަރ 2014/R-181 ގަވައިދަށް އަމަލުކުރުމަށް ހަދާފައިވާ އުޞޫލެވެ.

މަގެއް ކޮންނަންވާނީ ކޮންމެހެން މަގު ނުކޮނެ ނުވާނެ ކަންތައްތައް ކުރުމަށް ކައުންސިލުން ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

2 – މަގުކޮނުމުގެ ހުއްދައަށް އެދޭނީ އެކަމަށް ޚާއްޞަކުރެވިފައިވާ ފޯމުންނެވެ.

3 – މަގު ކޮންނަން ބޭނުންވާ ތާރީޚްގެ 3 ދުވަސްކުރިން ކަމާގުޅޭ ފޯމް ހުށަހަޅަންވާނެއެވެ.

4 – ދާއިމީ ގޮތަކަށް ވަޅުލެވޭ ސަޕްލައި، ހޮޅި ވަޅުލަންވާނީ 2 ފޫޓަށްވުރެ ފުނުގައެވެ.

5 – ކޯރުކޮނުމުގެ މަސައްކަތް ކުރަންވާނީ ހެނދުނު 6:30 އިން ފެށިގެން އިރިއޮއްސި 6:00 އާއި ދެމެދު ގައެވެ. އިރުއޮއްސި އަނދިރިވަންދެން ކޮނެފައި ކޯރެއް ފަސްނުލައި ބާއްވައިގެންނެވުވާނެއެވެ. ކޮނެފައިވާ ކޯރެއް ފަސްނުލާ ބާއްވަންކޮންމެހެން ޖެހިއްޖެނަމަ ފަސްނުލާ އޮތްބައި ވަށައިގެން 3 ފޫޓް އުސްމިނުގައި ކޮށްޓެއްހަދައި އެ ކޮށި ވަށައިގެން އިންޑިކޭޓިން ޓޭޕް ނުވަތަ ނަނު ދަމައި ހިނގާ މީހުންނަށާއި ދުއްވާ އެއްޗިއްސައް ދަތިނުވާނޭހެން ބަންދުކުރަންވާނެއެވެ. އަދި ކޯރު ރަނގަޅަށް ފެންނާނޭހެން އަލިކުރަންވާނޭއެވެ. މިގޮތަށް އަމަލު ނުކޮށްގެން ލިބޭ ގެއްލުމުގެ ޒިންމާ ކޯރު ކޮނުނު ފަރާތުން ނަގަންވާނެއެވެ.

6 – ޢާއްމުމަގުތަކާއި ގޯޅިގޯޅީގެ ކޯރު ކޮންނަންވާނީ ގޭގެއާއި،ފިހާރަ، ގަރާޖު ވާރކްޝޮޕް، އަދި އޮފީސްތަކަށް ވެދެނިކުމެވާން ދަތިނުވާނެ ގޮތެއްގެމަތިން އެފަރާތްތަކަށް ވަގުތީގޮތުން ވެދެނިކުމެވާން ފަސޭހަކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅައިގެންނެވެ.

7 – 15 ފޫޓަށްވުރެ ފުޅާ މަގެއް ގޯޅިއެއް ހުރަސްކޮށް ކޮންނަނަމަ މަގުގެ ފުޅާމިނުގެ ދެބައިކުޅަ އެއްބައި ކޮނުމަށްފަހު އެބައި ފޮރުވާ ފަސްލުމަށްފަހު ނޫނީ އަނެއް ބައި ކޮނެގެންނުވާނެއެވެ.

8 – މަގެއް ކޮނުމަށްޓަކައި މަގެއް ބަންދުކުރަންޖެހޭނަމަ، އެމަގެއް ކޮންނަންވާނީ ، ވަގުތީގޮތުން މަގު ބަންދުކުރުމާ ބެހޭ ގަވައިދުގައިވާ ގޮތުގެމަތިން މަގު ބަންދުކުރުމުގެ ހުއްދަ ހޯދުމަށްފަހު ވަގުތީގޮތުން އެމަގެއް ބަންދުކުރާ ބޯޑު ބަހައްޓައިގެންނެވެ.

9 – ކޯރަށް ކޭބަލް ލާންވާނި ކޯރުގައި ފެންހުރިނަމަ ފެންހިއްކުމަށްފަހުގައެވެ.

10 – ކޯރުކޮނުމުގެ މަސައްކަތް ކުރުމުގައި ބިމުން ފެންނަގާނަމަ ނަގަންވާނި ޑީވޯޓަރިންގ ރެގިއުލޭޝަން ގެ ޤަވާއިދާ އެއްގޮތްވާ ގޮތުގެމަތިން ކަމާ ބެހޭ ފަރާތުގެ ހުއްދަ ހޯދުމަށްފަހުގައެވެ.

11 – ކޯރުކޮނުމަށްފަހު މަގުމަތި ރަނގަޅަށް ކުނިކަހާ އެއްވަރުކޮށް ސާފުކުރަންވާނެއެވެ. ކޯރު ފޮވާއިރު މަގުމަތީގައި ހުންނަ ފަތްކުންޏާއި ލަކުޑިފަދަ ކުނިބުނި ކޯރަށް އަޅައިގެންނުވާނެއެވެ. ކޯރުންނެގޭ ކުންޏާއި ގައުފަދަތަކެތި ހުރިނަމަ އެތަކެތި މަގުމަތިން ނަގައި ކުނިކޮށްޓަށް އުކާލަންވާނެއެވެ.

12 – މަސައްކަތާއި ގުޅިގެން ސަރުކާރުގެ އެއްވެސް ފަރާތަކުން ހުއްދައެއް ނަގައި، ފިއެއް ނުވަތަ ޖޫރިމަނާއެއް ދައްކަންޖެހިއްޖެނަމަ އެކަމެއް ކުރާނީ މަސައްކަތާއި ހަވާލުވީ ފަރާތުންނެވެ. އަދި މިރަށުގެ މަގުތަކުގައި ކޭބަލާއި ހޮޅިއާއި އެނޫންވެސް ތަކެތި ވަޅުލާފައިވާ އިދާރާތަކަށް ކޯރު ކޮންނަން ފެށުމުގެ ކުރިން އަންގަންވާނއެވެ.

13 – ކޯރުކޮނުމުގެ ތެރޭގައި ވަޅުލާފައިވާ ކޭބަލަކަށް އަދި ސަޕްލައި އަކަށް ހޮޅިއަކަށް ގެއްލުމެއްވެއްޖެކަން އެނގޭ ހިސާބުން އެއެއްޗެއްގެ ވެރިފަރާތަށް އެންގުމާއެކު އެފަރާތުން އެދޭ ފެންވަރެއްގައި އެކަމެއް ރަނގަޅުކޮށްފައިނޫނީ ކޯރު ފޮރުވައިގެން ނުވާނެއެވެ. މީގެ އިތުރުން ކޯރުކޮންނަ ދުވަހުން ފެށިގެން 60 ދުވަހުގެ ތެރޭގައި އެ ކޯރަކުން ލިބޭ ގެއްލުންތަކަށް ޒިންމާވެ އެކަމެއް ރަނގަޅު ކުރަންވާނެއެވެ.

14 – ކޯރު ކޮނުމަށްފަހު ފަސޭހައިން ގަބައިގެން ނުދާނޭގޮތަށް ކޯރުގެ ފަސްބާރުކުރަންވާނެއެވެ.

15 – މަސައްކަތް ކުރަންވާނީ މަސައްކަތުގެ ތެރޭގައި ޢާއްމު ފަރުދެއްގެ ނުވަތަ ސަރުކާރުގެ އެއްވެސް އޮފީހެއްގެ ނުވަތަ ޖަމާއަތެއްގެ އެއްޗަކަށް ގެއްލުމެއް ނުވާފަދަ ގޮތަކަށް ބަލައިގެންނެވެ. ގެއްލުމެއް ލިބިއްޖެނަމަ އެ ގެއްލުމެއްގެ ޒިންމާ އުފުލާނީ ކޯރު ކޮންނަ ފަރާތުންނެވެ.

16 – ރަނގަޅު ފެންވަރަށް ހެދިފައިވާ މަގުތަކުގައި ކޭބަލެއް ވަޅުލަންޖެހޭނަމަ ތާރުކަނޑާ ނެގުމާއި ކޭބަލުވަޅުލުމަށްފަހު އެތަނެއް ކަމާގުޅުން ހުރި އޮފީހަކުން އަންގަވާ ގޮތެއްގެ މަތިން މަރާމަތުކުރުމުގެ މަސައްކަތް ނުވަތަ އެފަރާތުން ކަނޑައަޅާ ބަދަލުގެ މިންވަރެއް އެ އޮފީހަކަށް ދައްކަންވާނެއެވެ.

17 – ރަނގަޅު ފެންވަރަކަށް ހެދިފައިވާ މަގުތަކުގައި ސަޕްލައި އަޅަން ޖެހިއްޖެނަމަ ސަޕްލައި އަޅާނީ ހޮޅިތަކަށް ވައްދައިގެންނެވެ. މި ފަދަ މަގުތަކުގައި މަސައްކަތް ކުރަންވާނީ ތިރީގައިވާ ގޮތުގެމަތިންނެވެ.

ހ - މަގުމަތީގައި އަތުރާފައި ހުންނަ ގައުތައް ނަގަންވާނީ އެ ގާތަކަށް ގެއްލުން ނުލިބޭނެ ފަދަ ގޮތަކަށް ގަލަށް ގެއްލުން ނުވާނެފަދަ އެއްޗެއް ބޭނުންކޮށްގެންނެވެ.

 

ށ - މަގުމަތިންނާއި ދުވާރުމަތިން ގައުތައްނެގުމަށްފަހު އަލުން ގައު އަތުރަންވާނީ ހައިޑްރޯލިކް ބިންހަރުކުރާ އެއްޗަކުން ނުވަތަ ބިން ހަރުކުރުމަށް ބޭނުން ކުރާ އެއްޗަކުން ބިންގަނޑު ހަރުކޮށް އެއްވަރު ކުރުމަށްފަހުގައެވެ.

 

ނ - މިނަންބަރުގެ (ށ)ގައި ބަޔާންކުރެވުނު ފަދައިން ބިން ހަރުކުރުމަށްފަހު އިންޗިއެއްހާ ބޯމިނަށް ދޮންވެލިފަތުރާ އެވެލިގަނޑު މަތީގައި ގާއެތުރުމަށްފަހު ގާތަކުގެ މައްޗަށް ދޮންވެލި އަޅާ ދެގާދޭތެރެ ފުރާލަންވާނެއެވެ.

 

ރ - މަގުމަތިން ގައުނަގާ ގައުތައް އެތުރުމުގައި އެގައުތަކުގައި ހަމަޖެއްސުމަށް ތެޅުމަށް ބޭނުން ކުރަންވާނީ ލަކުޑި މުގުރުފަދަ ގަލަށް ގެއްލުން ނުވާނެފަދަ އެއްޗެކެވެ.

ބ - މަގުމަތިން ނުވަތަ ދުވާރު މަތީގައި ނުވަތަ ޖަންކްޝަންގެ ގާ ހަލާކުވެޖެނަމަ، އެކަމާ ގުޅުން ހުރި އޮފީހަކުން ކަނޑައަޅާ ފެންވަރެއްގައި އެތަނެއް އެއެއްޗެއް މަރާމާތު ކުރަންވާނެއެވެ. ނުވަތަ އެއޮފީހަކުން އެ ކަމަކަށް ކަނޑައަޅާ ބަދަލުގެ މިންވަރެއް އެފަރާތަށް ދައްކަންވާނެއެވެ.

 

 ޅ - ދުވާރުގެ ފާރާ ކައިރިން ސިމެންތި އަޅާފައިވާ ތަންތަން ކޮށާލައިގެން މަސައްކަތެއް ކުރާނަމަ، އެމަސައްކަތް ނިމުމުން 8 (އަށެއް) ވެލި 1 (އެކެއް) ސިމެންތި ބޭނުންކޮށްގެން ސިމެންތި ތައްޔާރުކޮށް އަލުން ސިމެންތި ކޮށިތަންތަން ހަދަންވާނެއެވެ.

 

18 – މަގު ކޮނުމާއި މަގުގައި އެއްޗިތި ވަޅުލުމާބެހޭ ގަވައިދާ ޚިލާފްވެގެން ޖުރުމަނާއެއް ކުރެވިފައިވާ ފަރާތްތަކަށާއި، ކަމެއް އިޞްލާހުކުރަން އަންގާފައިވާ ފަރާތަކަށް މަގުކޮނުމުގެ ހުއްދަ ދެވަނަ ފަހަރަށް ދޫކުރެވޭނީ އެ ޖުރުމަނާއެއް ދެކުމުންނެވެ. ނުވަތަ އިސްލާހުކުރަން އަންގާފައިވާ ކަމެއް އިސްލާހުކުރުމުންނެވެ.

19 – މަގު ކޮނުމާއި މަގުގައި އެއްޗެތި ވަޅުލުމާބެހޭ ނަންބަރ 2014/R-181 ގަވައިދުގެ ދަށުން ކުރެވޭ ޖުރުމަނާ ފައިސާ އާއި އެނޫންވެސް ގަވައިދާ ގުޅިގެން ދެވޭ ޚިދުމަތްތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލާތައް ޝަރީޢަތަށް ހުށަހަޅައިގެން އެފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ.

28 ނޮވެންބަރު 2017