ޢާންމު މަޢުލޫމާތު
ނަންބަރު: GS05-C/MISC/2017/10
ޕަބްލިޝްކުރި ތާރީޚް: 28 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:55
ސުންގަޑި: 14 ޑިސެންބަރު 2017 13:00
ގއ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
ސްކޫލުގެ އިސްވެރިޔާ ހުންނަވާނެ ގެއެއް ކުއްޔަން ހިފުމަށް ބޭނުންވެއްޖެ

 

 

ގއ. އަތޮޅު ތަޢުލީމީ މަރުކަޒު

ވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރި

ދިވެހިރާއްޖެ   

                         

 

 

                              

                 

 

 

 

ނަމްބަރ:  GS05-C /MISC/2017/10                    ތާރީޚް:  28 ނޮވެމްބަރ 2017             

އިޢުލާން

 

ސްކޫލް އިސްވެރިޔާ ހުންނަވާނެ ގެ ކުއްޔަށް ހިފުމާއި ބެހޭ

 

2018 ވަނަ އަހަރު މި މަރުކަޒުގެ ޕްރިންސިޕަލް ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ. ވީމާ، ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 06 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 01:00 ށް މި މަރުކަޒަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 01:00 ށް ކުއްޔަށް ދިނުމަށް އެދޭ ފޯރމް ފުރިހަމަކުރުމާއިއެކު ބީލަން ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ކޮންމެފަރާތަކަށްވެސް ތަމްސީލު ކުރެވޭނީ 1 ފަރާތެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް، ސިޓީ ހުށައަޅަންވާނެއެވެ. މައުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑި ޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން ބަލައި ނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސްކޫލުގެ ނަމްބަރ 6820029 ފޯނާއި ގުޅުއްވުން އެދެމެވެ.

 

ގެ ހުންނަންޖެހޭ މިންގަނޑު ( ތަންތަން )

 

  1. 2 ކޮޓަރި ( އެޓޭޗް ފާޚާނާއެކު ) ، ސިޓިންގ އަދި ކައްކާ ކެވޭގޮތަށް ހުރި ގެއެއް ކަމުގައިވުން.
  2. ގޭގެ އެތެރޭގެ ތަޅުމުގައި މުށިޖަހާފައި ހުރުން.
  3. ފެނާއި ނަރުދަމާ ނިޒާމް ގާއިމްކޮށްފައި ހުރުން.
  4. ފާރުތަކުގައި ސިމެންތިޖަހާ ކުލަލާފައިހުރުން.
  5. ގޭގެ ހުރިހާތަނެއް ސީލިނގް ކޮށްފައި ހުރުން.

މިކަންކަމުގެ އިތުރުން ކުއްޔަށްދެވޭނެ ވަކި ފަރާތެއް ހަމަޖެއްސުމުގައި ތިރީގައި މިދަނަންވާ ކަންކަމަށް ޕޮއިންޓް ދެވޭނެއެވެ.

  • ކުލީގެ މިންވަރު. 40%
  • ކަރަންޓްފީ ދައްކާ ގޮތް  25%
  •  ގެއާއި ސުކޫލާއި ހުރި ދުރުމިން. 5%
  • ގެއާއި ގޯތިތެރެ ސާފުކޮށްބަލަހައްޓާނެ ގޮތް. 5%
  • އެހެނިހެން ޚިދްމަތްތަކާއި ފަރުނީޗަރ، ޓީވީ، އައިސްއަލަމާރި، ދޮންނަމެޝިން ފަދަ ތަކެތި ލިބެންހުރި މިންވަރާއި އަދި ބޯފެނުގެ އިންތިޒާމް ހަމޖެހިފައިވާގޮތް.15 %
  • ސެކިއުރިޓީ ބެލެހެއްޓުން ހަމަޖެހިފައިވާގޮތް10%

 

ފޯރމް އާއި އެކު ހުށައަޅަން ޖެހޭ ތަކެތި :

 

v     ގޭގެ ފުލޯ ޗާޓް

v     އިންވެންޓްރީ

              

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

 

  

                                                                                   ޚަދީޖާ އިބްރާހިމް

                                                                                    ހެޑް އޮފް ސްކޫލް

28 ނޮވެންބަރު 2017