މަސައްކަތް
ނަންބަރު: GS213/IUL/2017/028
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:20
ސުންގަޑި: 14 ޑިސެންބަރު 2017 09:00
ދުވާފަރު ޕްރައިމަރީ ސްކޫލް
ދިވެހިރާއްޖެ
2018 ވަނަ އަހަރު ސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުން

2018 ވަނަ އަހަރުގެ ޖެނުއަރީ 1 އިން ޑިސެމްބަރު 31 ގެ ނިޔަލަށް މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނު ކުރަމެވެ.

ވީމާ މިސްކޫލްގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 14 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:00 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފު ކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށައަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ.

ނޯޓް: އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަންބަރ 6582703 އާއި ގުޅުއްވުން އެދެމެވެ.

ވީމާ މިކަން އަންގާ އިޢުލާން ކުރަމެވެ. 

27 ނޮވެންބަރު 2017