ޢާންމު މަޢުލޫމާތު
ނަންބަރު: GS135/IUL/2017/14
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:56
ސުންގަޑި: 07 ނޮވެންބަރު 2017 13:00
ބ. މާޅޮހު މަދަރުސާ
ދިވެހިރާއްޖެ
ޕްރީސްކޫލްގެ ކުދިންގެ ކުޅޭ ސަރަޙައްދު ތަރައްޤީކުރުން

މިސްކޫލްގެ ފައުންޑޭޝަން ސްޓޭޖްގެ ދަރިވަރުންނަށް ފެނާއި ކުޅޭނޭ ތަނެއް ހެދުމަށާއި ވެލިކުޅޭނޭ ތަނެއް ހަދާދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މި ސްކޫލަށް ދުރުވެ، މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބައިވެރިވެލެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މި ސްކޫލަށް ދުރުވެދެއްވުން އެދެމެވެ.

 

އަންދާސީ ހިސާބު ހުށަހެޅުމާއި ކެނޑުން

މައުލޫމާތު ދިނުމުގެ ސެޝަން

2017 ޑިސެމްބަރު 7 ދުވަހުގެ 13:00    

2017 ޑިސެމްބަރު 4 ދުވަހުގެ 13:00  

 

މި މަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (18/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (19/2014) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައާއި، ބީލަން ހުށަހެޅުމުގެ ބައްދަލުވުމުގައި ކޮންމެ ފަރާތަކަށްވެސް ތަމްސީލު ކުރެއްވޭނީ އެއް ފަރާތެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ނުދުރުވާ ފަރާތްތަކުން ހުށަހަޅުއްވާ ބީލަމާއި، ގަޑިޖެހުމުގެ ފަހުން ހުށަހަޅުއްވާ ބީލަން، ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ރަސްމީގަޑީގައި މި ސްކޫލުގެ ނަންބަރު 6600020 ފޯނަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.     

27 ނޮވެންބަރު 2017