ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)415-HR/415/2017/25
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 06 ޑިސެންބަރު 2017 13:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

                                                    ނަންބަރ: IUL)415-HR/415/2017/25)    

އިޢުލާން

ވަޒީފާގެ ފުރުޞަތު

 

ތިނަދޫ ކައުންސިލްގެ އިދާރާގެ ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއެވެ.

 

 މަޤާމް:

ޤާނޫނީ ލަފާދިނުން

ބޭނުންވާ ޢަދަދު:    01

މަޤާމުގެ ބާވަތް:

ކޮންޓްރެކްޓް (މި މަޤާމަކީ ކޮންޓްރެކްޓް އުޞޫލުން 03 މަސްދުވަހުގެ މުއްދަތަށް، ހަމަޖައްސައިދެވޭ ވަޒީފާއެކެވެ.)  

މުސާރައާއި އެލަވަންސް  

މުސާރަ (މަހަކު) 10,000/-  (ދިހަހާސް ރުފިޔާ)

މަސައްކަތްކުރަންޖެހޭ ގަޑިތައް:

އިދާރާއިން ކަނޑައަޅާ ގަޑިތަކެއްގައި.

މަސައްކަތްކުރާނޭ ގަޑިތައް ވަޒީފާގެ އެއްބަސްވުމުގައި ބަޔާންކުރެވޭނެއެވެ.

ތަޢްލީމީ ފެންވަރު:

1-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 5 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3-    ޤާނޫނީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމަށް ބޭނުންވާ ހުނަރު:

 

  1. ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާޢިދުތަކާއި ކައުންސިލުގެ ޤަވާޢިދުތަކާއި އުޞޫލުތަކަށް ރިޢާޔަތްކޮށް ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުމުގެ ޤާބިލުކަން ލިބިފައިވުން.

 

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

  1. ކައުންސިލުގެ އިދާރާއަށް ހުށަހެޅޭ މައްސަލަތަކަށް ޤާނޫނީ ގޮތުން ލަފާދިނުން.
  2. ކައުންސިލަށް ހުށަހެޅޭ މައްސަލަތަކާއި ގުޅިގެން ކޯޓުތަކަށް ހުށަހަޅަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުން.
  3. ކައުންސިލުގެ އިދާރާގެ މަސައްކަތްތަކުގެ ތެރެއިން ފުރިހަމަ ކުރަންޖެހޭ ޤާނޫނީ އިޖުރާޢަތުތައް ފުރިހަމަ ކުރުމަށް ޕްލޭން ހެދުމާއި ޤާނޫތަކާއި ޤަވަޢިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1-    ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސިޓީ.

2-    ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

3-    އެޓެސްޓްކޮށްފައިވާ ތަޢްލީމީ ސަނަދތުތައް.

4-    އެޓެސްޓްކޮށްފައިވާ މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުންތައް.

ސުންގަޑި:

06 ޑިސެމްބަރ 2017 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް.

         

މި މަސައްކަތް ކޮށްދިނުމަށް 1 ފަރާތުން ކުރިމަތިލީ ކަމުގައިވިޔަސް އެ ފަރާތެއްގެ ތަޖުރިބާއަށް ބަލައި، އެ ފަރާތާއި މަސައްކަތް ޙަވާލުކުރުމަށް ހަމަޖެހިފައިވެއެވެ.

ވީމާ، މިވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދި ކަނޑައެޅިފައިވާ ސުންގަޑިއަށް މިއިދާރާއަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.    

            09 ރަބީޢުލް އައްވަލް 1439

             27 ނޮވެމްބަރ 2017

27 ނޮވެންބަރު 2017