ދިވެހިރާއްޖެ
އިޢުލާން
ނަންބަރު: GS-151/IUL-2017/33
މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފަން ބޭނުންވެއްޖެ
1 ޖަނަވަރީ 2018ން ފެށިގެން 1 އަހަރު ދުވަހުގެ މުއްދަތައް މިސްކޫލުގެ އިސްވެރިޔަކު ހުންނެވުމަށް 2 ކޮޓަރި(ފާހާނާއާއެކު)، ސިޓިންގް ރޫމް، ބަދިގެ އަދި ކާގެ ހިމެނޭ އެޕާޓްމަންޓެއް ކުޔަށް ހިފުމަށް ބޭނުންވެއެވެ.
ވީމާ ގެ ކުއްޔަށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 05 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް ސްކޫލަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 12 ޑިސެމްބަރ 2017 ވާ އަންގާރަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓް ހުށައަޅުއްވަން ވާނެއެވެ.
މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އޮފީސް އިދާރާގައި އޮންނާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ގޭގެ ވެރިފަރާތުގެ ބަދަލުގައި އެހެންބޭފުޅަކު ދުރުވާނަމަ އިޢުތިރާޒެއްނެތް ކަމުގެ ސިޓީއެއް ގެންނެވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބް އަދި އަންދާސީ ހިސާބް ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅާއި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ މިފުރުޞަތުގައި ދަންނަވަމެވެ.