ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120/1/2017/60
ޕަބްލިޝްކުރި ތާރީޚް: 27 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 10 ޑިސެންބަރު 2017 13:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
މުވައްޒަފުން ބޭނުން ވެއްޖެ

                                                            ނަންބަރު: IUL)120/1/2017/60)

އިޢުލާނު

މަޤާމް:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:                  J-284333

ބޭނުންވާ ޢަދަދު:                   1 (އެކެއް)

މަޤާމުގެ ގިންތި:                   ދާއިމީ

މަޤާމުގެ ރޭންކް:                   ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:             އޮފިސަރ ގްރޭޑް 2

ސެކްޝަން/ޔުނިޓް:                  އެގްޒެމިނޭޝަންސް / އިންވިޖިލޭޝަން

މަޤާމު އޮތް އޮފީސް:                ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް

ވަޒީފާ އަދާކުރަންޖެހޭ ތަން:            ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ކ. މާލެ

މަގާމުގެ ދާއިރާ:                   އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް/އިންފޮމޭޝަން ޓެކްނޮލޮޖީ/ހިއުމަން ރިސޯސް މެނޭޖްމަންޓް

މުސާރަ:                        މަހަކު 5020.00 ރުފިޔާ

ސަރވިސް އެލަވަންސް:               މަހަކު 1500.00 ރުފިޔާ

އިތުރު ޢިނާޔަތްތައް:                 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހި ރާއްޖޭގެ ޕްންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. މިޑިޕާޓްމަންޓުން އިންތިޒާމްކޮށް ހިންގާ އެސް.އެސް.ސީ، އެޗް.އެސް.ސީ، ކެމްބްރިޖް އޯލެވެލް، އެޑްއެކްސެލް އޭ ލެވެލް، ކެމްބްރިޖް އިންގްލިޝް އިމްތިޙާނު، ޢާއްމު އިމްތިޙާނު، އަދި އޮންޑިމާންޑް އިމްތިޙާންތައް ބޭއްވުމަށްޓަކައި އިންވިޖިލޭޓަރުން ހޯދުން

2. މިޑިޕާޓްމަންޓުން އިންތިޒާމްކޮށް ހިންގާ އެސް.އެސް.ސީ ، އެޗް.އެސް.ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، ކެމްބްރިޖް އިންގްލިޝް އިމްތިޙާނު، ޢާއްމު އިމްތިޙާނު، އަދި އޮންޑިމާންޑް އިމްތިޙާންތައް ބޭއްވުމަށްޓަކައި އިންވިޖިލޭޓަރުން ތަމްރީން ކުރުން

3. މިޑިޕާޓްމަންޓުން އިންތިޒާމްކޮށް ހިންގާ އެސް.އެސް.ސީ ، އެޗް.އެސް.ސީ ، ކެމްބްރިޖް އޯލެވެލް ، އެޑްއެކްސެލް އޭ ލެވެލް ، ކެމްބްރިޖް އިންގްލިޝް އިމްތިޙާނު، ޢާއްމު އިމްތިޙާނު، އަދި އޮންޑިމާންޑް އިމްތިޙާންތައް ބޭއްވުމަށްޓަކައި ތަމްރީން ކުރަންޖެހޭ މީހުންނަށް ތަމްރީން ދިނުން

4. އިމްތިޙާނު ބާއްވާ ސެންޓަރުތަކަށް ދޭންޖެހޭ މަޢުލޫމާތާއި އިރުޝާދު ދިނުން

5. އިމްތިޙާނު ތަކާ ގުޅިގެން ބާއްވަންޖެހޭ ޤައުމީ/ބައިނަލްއަޤްވާމީ ތަމްރީންތަކުގެ ކަންތައް އިންތިޒާމް ކުރުން.

6. އިމްތިޙާނުތަކުގެ ސުވާލު ކަރުދާސް ޙަވާލުކުރުމަށާއި ޖަވާބު ކަރުދާސް ނެގުމަށާއި ސެންޓަރ ޗެކްކުރުމަށާއި މަޢުލޫމާތު ދިނުމަށް ކުރާދަތުރުތަކުގައި ބައިވެރިވުން

7. މިޑިޕާޓްމަންޓުން ރާވައި އިންތިޒާމްކުރާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވުން.

8. އިމްތިޙާނުތަކާ ގުޅޭގޮތުން، އެވަގުތަކު ޚިދުމަތަށް އެދިގެން، ސެކްޝަންގެ / އޮފީހުގެ ވެރިން އަންގަވާ މަސައްކަތްތައް ކުރުން

9. އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠު:

  1. މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ނުވަތަ

  1. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ނުވަތަ

  1. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، އޭގެ އިތުރުން ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތައުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތު ތަޖުރިބާ
  • އިންޓަވިއު

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

  1. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ
  3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

ވަޒީފާއަށް އެދޭ ފޯމު މިޑިޕޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ،  2017 ޑިސެންބަރު 10 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ _ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެންބަރު 18 އާއި 25 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ފިލާ ބިލްޑިންގ 2) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރު ވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން:

މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30%

ނޯޓް:

 - އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ޙާޟިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް އިންޓަވިއު    ނުކުރާނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

   މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009339 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.                        

           08 ރަބާޢުލްއައްވަލް 1439

           26  ނޮވެންބަރު 2017

 

27 ނޮވެންބަރު 2017