ދިވެހިރާއްޖެ
ނަންބަރު: IUL)120/1/2017/58)
އިޢުލާނު
މަޤާމް: ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމުގެ ނަންބަރު: J-290605 ބޭނުންވާ ޢަދަދު: 1 (އެކެއް) މަޤާމުގެ ގިންތި: ދާއިމީ މަޤާމުގެ ރޭންކް: އެމް. އެސް. 2 މަޤާމުގެ ކްލެސިފިކޭޝަން: ސީނިއަރ އޮފިސަރ ގްރޭޑް 2 ސެކްޝަން/ޔުނިޓް: ޕްރޮޑަކްޝަން / ރެކޯޑްސް މަޤާމު އޮތް އޮފީސް: ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް ވަޒީފާ އަދާކުރަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް، ކ. މާލެ މަގާމުގެ ދާއިރާ: އެޑްމިނިސްޓްރޭޝަން / އޮފީސް މެނޭޖްމަންޓް / ހިއުމަންރިސޯސް / އިންފޮމޭޝަން ޓެކްނޮލޮޖީ މުސާރަ: މަހަކު 6295.00 ރުފިޔާ ސަރވިސް އެލަވަންސް: މަހަކު 2000.00 ރުފިޔާ އިތުރު ޢިނާޔަތްތައް: 1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހި ރާއްޖޭގެ ޕްންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
|
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: 1. އޮފީހުގެ އަހަރީ އެކްޓިވިޓީ ކަލަންޑަރަށް ބޭނުންވާ މަޢުލޫމާތު ޔުނިޓްތަކުން އެއްކޮށް އެކްޓިވިޓީ ކަލަންޑަރު ތައްޔާރުކުރުމާއި ޝާއިޢުކުރުން. 2. މިޑިޕާޓްމަންޓުން ތައްޔާރުކުރާ މަޖައްލާ "އެގްޒަމިން" ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް "އެގްޒަމިން" ތައްޔާރުކޮށް ޝާއިޢު ކުރުން. 3. އިމްތިހާނާ ގުޅޭ ގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ޔުނިޓްތަކުން އެއްކޮށް އެކަމާ ގުޅޭ ތަފާސް ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން. 4. ޔުނިޓުން ކުރާ މަސައްކަތްތަކުގެ ޗެކްލިސްޓް އަދި "ސޮޕް" ޑޮކިއުމެންޓްތައް ތައްޔާރުކޮށް ބެލެހެއްޓުން. 5. ޔުނިޓްގެ ޔައުމިއްޔާ ލިޔެ ފައިލްކުރުން. 6. ރިޕޯޓްތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ފޯމްތައް ތައްޔާރުކޮށް ބެލެހެއްޓުން. 7. މި ޑިޕާޓްމަންޓްގެ ވެބްސައިޓް ބެލެހެއްޓުން. 8. މި ޑިޕާޓްމަންޓުން ތައްޔާރުކުރާ ސެޓްފިކެޓް ތަކާއި، އެހެނިހެން ތަކެތި ޑިޒައިން ކުރުން. 9. މި ޑިޕާޓްމަންޓުން އިންތިޒާމުކޮށްގެން ކުރާ ދަތުރު ތަކުގައި ބައިވެރިވުން. މަޤާމުގެ ޝަރުޠު:
ނުވަތަ
ނުވަތަ
ނުވަތަ
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
ހުށަހަޅަންޖެހޭ ލިޔުންތައް:
)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ) (ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. (ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.
(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. މަގާމަށް އެދެންވީ ގޮތާއި ސުންގަޑި: ވަޒީފާއަށް އެދޭ ފޯމު މިޑިޕޓްމަންޓުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ www.dpe.edu.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، 2017 ޑިސެންބަރު 07 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ފިލާ ބިލްޑިންގުގެ 2 ވަނަ ފަންގިފިލާގައި ހުންނަ ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސުގެ ކައުންޓަރަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އީ _ މެއިލް އެޑްރެހަކީ [email protected] އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަން ޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: މި މަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2017 ޑިސެންބަރު 13 އާއި 19 އާ ދެމެދު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް (ފިލާ ބިލްޑިންގ 2) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރު ވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ. ޝޯޓް ލިސްޓް ކުރުން: މިވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. މަގާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: 30% ނޯޓް: - އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ގަޑިއަށް އިންޓަވިއުއަށް ޙާޟިރުވެ ސޮއިކުރަންވާނެއެވެ. ގަޑިއަށް ޙާޟިރު ނުވާ ފަރާތްތަކަށް އިންޓަވިއު ނުކުރާނެއެވެ. މަޢުލޫމާތު ހޯދުން:
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3009339 ނަންބަރު ފޯނާއެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
08ރަބީޢުލްއައްވަލް 1439 26ނޮވެންބަރު 2017
|