ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 25-A5/25/2017/ 12
ޕަބްލިޝްކުރި ތާރީޚް: 26 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:45
ސުންގަޑި: 07 ޑިސެންބަރު 2017 12:00
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު

MINISTRY OF FOREIGN AFFAIRS

REPUBLIC OF MALDIVES

     

 (IUL) 25-A5/25/2017/ނަންބަރު:  12

 

މިނިސްޓްރީ އޮފް ފޮރިންއެފެއާޒްގައި ތަމްރީންހޯދުމަށް މަސައްކަތުގެ ފުރުޞަތު

 

މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މަސައްކަތްކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އިންޓަރންޝިޕްގެ ފުރުސަތަށް އިއުލާންކުރަމެވެ. މި އިންޓަރންޝިޕްގެ މަޤްސަދަކީ ފޮރިން ސާރވިސްގެ ރޮގުންކުރިއަށްދާން ބޭނުންވާ ދިވެހީންނަށް އެފުރުސަތު ހުޅުވާލުމެވެ. މިނިސްޓްރީއަށް އިންޓަރނުން ބޭނުންވާ ޑިވިޜަން ތަކާއި އަދި ކުރައްވާނެ މައިގަނޑު މަސައްކަތް ތިރީގައި މިވަނީއެވެ

 

ހިއުމަންރައިޓްސް ޑިވިޜަން                                         

ބޭނުންވާ އަދަދު: 01

  • ބައިނަލްއަޤްވާމީ ޖަމިއްޔާތަކަށް ހުށަހަޅާ ރިޕޯޓްތަކަށް ބޭނުންވާ މައުލޫމާތު ހޯދުން، (ރިސާޗް މަސައްކަތް)، އަދި ރިޕޯޓް ތައްޔާރުކުރުމުގައި ޑިވިޜަނުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ކުރަންޖެހޭ އެޑްމިނިސްޓްރޭޓިވް މަސައްކަތްތައް

ޔޫ.އެން ޑިވިޜަން

ބޭނުންވާ އަދަދު: 02

  • ރާއްޖެއިން ބައިވެރިވެފައިވާ މުޢާހަދާތަކާއި ގުޅޭ ރިސާޗް މަސައްކަތް
  • ބައިނަލް އަޤްވާމީ މުޢާހަދާތަކާއި ބެހޭ ރިސާޗް މަސައްކަތް އަދި މި މުޢާހަދާތަކުގެ ތެރެއިން ރާއްޖެއިން ބައިވެރިވެފައިނުވާ މުޢާހަދާތަކާއި ގުޅޭގޮތުން މައުލޫމާތު އެއްކޮށް ރިސާޗް ޕޭޕަރ ތައްޔާރުކުރުން
  • ސްޓޭޓްމަންޓް ތައްޔާރުކުރުމަށް ބޭނުންވާ މައުލޫމާތު ހޯދުން
  • އ.ދ ގެ ސެކިއުރިޓީ ކައުންސިލްގެ ގޮނޑިއަށް ދިވެހިރާއްޖެ ކުރިމަތިލާތީ، އެގޮނޑި ކާމިޔާބުކުރުމަށް ކުރާ ކެމްޕެއިންގެ މަސައްކަތުގައި އެހީތެރިވުން

ފޮރިން ސަރވިސް ޓްރައިނިންގ އިންސްޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް)

ބޭނުންވާ އަދަދު: 01

  • ފޮސިމް އިން ހިންގާ ޓްރެއިނިންގ  ތަކަށް ބޭނުންވާ ރިސާޗް މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • ފޮސިމްގެ ކުއަރޓަލީ ނިއުސް ޕަބްލިކޭޝަން ތައްޔާރު ކުރުމުގައި އެހީތެރިވެދިނުން

ޕަބްލިކް އިންފަރމޭޝަން ޔުނިޓް (ޕީ.އައި.ޔޫ)

ބޭނުންވާ އަދަދު: 01

  • މިނިސްޓްރީން ބާއްވާ ރަސްމީ ހަފްލާތަކުގެ ފޮޓޯނެގުން
  • މިނިސްޓްރީގެ ޑިޖިޓަލް ފޮޓޯ ލައިބްރަރީ ބެލެހެއްޓުމުގައި އެހީވުން
  • މިނިސްޓްރީގެ ވެބްސައިޓް ބެލެހެއްޓުމުގައި އެހީވުން
     

 

މަތީގައިވާ ޝަރުތުތައް ފުރިހަމަވެފައިވާ ފަރާތްތަކުން މިނިސްޓްރީގެ އިންޓަރންޝިޕަށް އެދޭފޯމު ފުރިހަމަކުރުމަށްފަހު ސީ.ވީ އާއި ތަޢުލީމީ ސެޓްފިކެޓްތައް 7 ޑިސެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ހުށަހެޅުން ނުވަތަ މިނިސްޓްރީގެ އީމެއިލް [email protected] އަށް ފޮނުވުން އެދެމެވެ. އިންޓަރންޝިޕްއަށް އެދޭފޯމް މިނިސްޓްރީގެ ވެބްސައިޓުން އަދި މިނިސްޓްރީގެ ކައުންޓަރުން ލިބެންހުންނާނެއެވެ.

26 ނޮވެމްބަރ 2017

26 ނޮވެންބަރު 2017