ތަމްރީނު
ނަންބަރު: (IUL)369-PS/369/2017/47
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 10:44
ސުންގަޑި: 29 ނޮވެންބަރު 2017 14:00
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓްރެއިނަރ އެއް ހޯދުމާއި ބެހޭ

ޓިވެޓް އޮތޯރިޓީ / މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ހިންގަވާ " ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި 10 އިލެކްޓްރީޝަނުން ތަމްރީނު ކުރުމަށް ހިންގަވާ ތަމްރީން ޕްރޮގްރާމް" ޓިވެޓް އޮތޯރިޓީ އާއި މ.މަޑުއްވަރީ ކައުންސިލާއި ގުޅިގެން މ.މަޑުއްވަރީގައި ތަމްރީނުކުރުމަށް މ.މަޑުއްވަރީ ކައުންސިލްގެ ނަންބަރ 14 ވަނަ އާންމު ބައްދަލުވުމުންވަނީ ފާސްކޮށްފައެވެ. މިތަމްރީން ޕްރޮގްރާމުގައި ކިޔަވައިދިނުމަށް ޓިވެޓް އޮތޯރިީއިން ކަޑައަޅާ ސިލަބަސް ބައިވެރިންނަށް ކިޔަވައި ދިނުމަށާއި ، ކަމާބެހޭގޮތަން ދަސްކޮށްދޭން ޖެހޭ މަސައްކަތްތައް އަމަލީގޮތުން ދައްކާދޭފަދަ ޤާބިލުކަން ހުރި މީހަކު ހޯދަން ބޭނުންވެއްޖެއެވެ. މިޕްރޮގްރާމް މ.މަޑުއްވަރީ ގައި ހިންގަން ގަސްދުކުރަނީ 1 (އެކެއް) މަސްދުވަހަށެވެ.

ވީމާ މިތަމްރީން ޕްރޮގްރާމުގައި ކިޔަވައި ދިނުމަށް ޝައުޤުވެރިވެލައްވަވާ ފަރާތްތަކުން އެއްމަސްދުވަހަށް މިޕްރޮގްރާމް ހިންގައިދެވޭނެ އަގު އެގޭގޮތަށް މިކަމަށްއެދި މ.މަޑުއްވަރީ ކައުންސިލްއިދާރާއަށް ސިޓީ ފޮނުވައިދެއްވުން އެދެމެވެ. މިކަމަށްއެދި ސިޓީ ފޮނުވުމުގެ އެންމެފަހު ތާރީހަކީ 29 ނޮވެމްބަރ 2017 ވަނަ ދުވަހު 14:00 ގައި ކަމަށް ކަނޑައަޅާ މިކަން އާންމުކޮށް އެންގުމަށްޓަކާ އިއުލާނުކުރީމެވެ. ސާފުކުރައްވަން ބޭނުންވެލައްވާ މައުލޫމާތު ސާފުކުރެއްވުމަށް 7837660 ފޯނާ ގުޅުއްވުން އެދެމެވެ.

މިކަމަށް އެދި ފޮނުވާ ސިޓީޔާއެކު ކަމާގުޅޭ ދާއިރާއިން ލިބިފައިހުރި ސެޓްފިކެޓާއި ތަޖުރިބާ ހުރިކަންއަންގާދޭފަދަ ލިޔުންހުރިނަމަ އެލިޔުންތަކާއި އައިޑީކާޑްގެދެފުށުގެ ފޮޓޯ ކޮޕީ (އަސްލާއެއްގޮތްކަމަށް ތައްގަނޑުޖަހާފައި) ހުށަހަޅަންވާނެއެވެ.

ބޭނުންވާ މަގާމުގެ ނަން: ޓްރެއިނަރ

ބޭނުންވާ އަދަދު: 1

ޝަރުތު:

އިލެކްޓްރީޝަނުން ތަމްރީނު ކުރުމުގެ ހުނަރާއި ޤާބިލުކަން ހުރުން ނުވަތަ މިމަސައްކަތްތަކުގެ ތަޖުރިބާ ހުރުމާއެކު މަދުވެގެން 5 އަހަރު ދުވަހު މަސައްކަތް އަމަލީގޮތުންކޮށްފައިވާ މީހަކަށްވުން.

ކިޔަވައި ދިނުމަށް ބޭނުންވާ މީހާ ކަށަވަރުކުރުމަށް ބަލާނެ ކަންތައްތައް

  • ތައުލީމާއި ތަމްރީން        %40
  • ތަޖުރިބާ               %30
  • އިންޓަވިއު            
  • އެންމެ ކުޑަ އަގު        % 15
22 ނޮވެންބަރު 2017