ދިވެހިރާއްޖެ
`
ކިހާދޫ ސްކޫލް
ބ.ކިހާދު ، ދިވެހިރާއްޖެ ނަންބަރ: GS-131/IUL/2017/23
އިޢުލާން
އަންދާސީހިސާބު ހުށަހެޅުމުގެ ދަޢުވަތު
މިސްކޫލްގެ ނަންބަރ GS-131/IUL/2017/19 (08 ނޮވެންބަރ 2017) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށައަޅާފައިވަނީ އެންމެ ފަރާތަކުން ކަމުގައިވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މިސްކޫލްގެ ޕީޓީއޭ އިން ހިންގާ ކޮމްޕިއުޓަރ ލެބް ތަރައްޤީކުރުމުގެ ޕްރޮގްރާމްގެ ދަށުން 15 ކޮމްޕިއުޓަރ އަދި 15 ޔޫ.ޕީ.އެސް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، ސުކޫލުން ދޭމަޢުލޫމާތާ އެއްގޮތައް މިތަކެތި ބީލަން އުސޫލުން ހޯދައިދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހު މެންދުރުކުރި 10:00 އަށް މިސްކޫލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށައަޅާ ފަރާތަށް ޙާޟިރުވެވެން ނެތްނަމަ ބަދަލުގައި އެހެން ފަރާތެއް ފޮނުވިދާނެއެވެ. ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްނަމަ ބަދަލުގައި ހާޟިރުވާކަމުގެ ލިޔުމަކާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށައަޅުއްވާއިރު، ހުރިހާ ލިޔެކިއުންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ހުށައަޅާ އަންދާސީހިސާބުތައް ކެނޑޭނީ އަންދާސީހިސާބު ހުށައެޅި ފަރާތްތަކުގެ ހާޟިރުގައިކަމުގައި ވުމާއެކު ގަޑިއަށް ހާޒިރުވުމަށް ސަމާލުކަން ދެއްވުން އެދެމެވެ. ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫން ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަފަރުދުންގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންވެލަށްވާ ފަރާތްތަކުން ރަސްމީ ދުވަސްދުވަހު ހެނދުނު 08:00 އިން މެނދުރު 01:00 އާދެމެދު މިސްކޫލަށް ވަޑައިގެން ނުވަތަ މިސްކޫލް ގެ ފޯނު ނަންބަރ 6600017 ނުވަތަ އީމެއިލް [email protected])) މެދުވެރިކޮށްވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލުގެ 6600017 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
04 ރަބީޢުލްއައްވަލް 1439
22 ނޮވެންބަރ 2017