ދިވެހިރާއްޖެ
މި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުންއަންނަ ހުރަވީ އަދި ޣާޒީ ބިލްޑިންގ ގެ ސެކިއުރިޓީ އެއް އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.
މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 ނޮވެމްބަރ 29 ވާ ބުދަ ދުވަހުގެ 13:30 އިން ފެށިގެން 2017 ޑިސެމްބަރ 06 ވާ ބުދަ ދުވަހުގެ 12:30ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.
މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 300-4281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.