ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)MMPRC-HR/1/2017/55
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 28 ނޮވެންބަރު 2017 14:00
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

 

މޯލްޑިވްސް މާރކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

 

                                                               އިޢުލާން ނަންބަރު:IUL)MMPRC-HR/1/2017/55) 

 

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  މާކެޓިންގ އެގްޒެކެޓިވް

- މުސާރަ (މަހަކު) : 6,600/- ރުފިޔާ މަހަކު

- ޑެއިލީ އެލަވަންސް:ރަސްމީކޮށް ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސްގެ ގޮތުގައި 200 ރުފިޔާ (ދުއިސައްތަ ރުފިޔާ) ދުވާލަކަށް

- އިތުރު ގަޑީގެ ފައިސާ ހަމަޖެހިފައިވާ އުސޫލުގެ ދަށުން

ޑިޕާރޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން ޕްރޮމޯޝަން/މާކެޓިންގ

ބޭނުންވާ އަދަދު: 1

 ޝަރުޠު:

މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު:

  1. މަޤާމާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށް މަޤާމުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުމާއެކު ތިރީގައި އެވާ ފަންނުތައް ދަންނަ ފަރާތްތައް ކަމުގައިވުން؛-

- އިނގިރޭސި ބަހުގެ އިތުރުން އެހެނިހެން ބަސްތަކުން (މިސާލު: ޗައިނީސް ބަސް) ލިޔެކިޔަން ދަންނަ ފަރާތެއް ކަމުގައިވުން،

- ޑިޖިޓަލް އަދި ސޯޝިއަލް މީޑީޔާއަށް އަހުލުވެރި ފަރާތެއްކަމުގައިވުން،

- ޑިޒައިނިންގ ލޭއައުޓްގެ މަސައްކަތް ދަންނަ ފަރާތެއްކަމުގައިވުން.

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ނިންމަންޖެހޭ ލިޔުންތައް ތައްޔާރުކުރުން.
  2. ޙަވާލުކުރެވޭ މާކެޓްތަކާއި ގުޅިގެން ރާއްޖެއިން ބޭރުގައި، މިކޯޕަރޭޝަންގެ ފަރާތުން އިންތިޒާމް ކުރާ ޚަރަކާތް ( ރޯޑްޝޯވްސް، ޕްރޮމޯޝަނަލް ފެއަރސް އަދި އެހެނިހެން އިވެންޓް) ތަކުގައި ބައިވެރިވުމަށްޓަކައި ކުރަންޖެހޭ އެންމެހާ މާކެޓިންގ މަސައްކަތްތައް ކުރުން.
  3. ޙަވާލުކުރެވޭ މާކެޓްތަކުގެ ރިޕޯރޓްތައް ނިންމުން.
  4. ފެމިލިއަރައިޒޭޝަން ޓްރިޕް ފަދަ ޕްރޮގްރާމްތައް ރާވާ އެޕްރޮގްރާމްތަކުގައި ބައިވެރިވާންޖެހޭ ޙާލަތްތަކުގައި ބައިވެރިވުން.
  5. މާކެޓްތަކުގެ މީޑިއާގައި ރާއްޖެއާބެހޭގޮތުން ކަވަރުކުރާ އާޓިކަލްތައް  އެމާކެޓެއްގައި މަސައްކަތްކުރާ ޕީ.އާރު ކުންފުންޏެއްގެ އެހީގައި  ނުވަތަ އެހެނިހެންވެސް ގޮތްގޮތުން މޮނިޓަރކޮށް ތައްޔާރުކުރަންޖެހޭ ރިޕޯރޓްތައް ތައްޔާރުކުރުމާއި މާކެޓްތަކުގެ ޕީ.އާރު ކުންފުނިތަކާއި ގުޅިގެން މަސައްކަތްކުރުން.
  6. މާކެޓްތަކަށް އަންނަ ބަދަލުތައް ދެނެގަނެ ދިރާސާ ރިޕޯރޓްތައް ތައްޔާރުކުރުން.
  7. ކޯޕަރޭޝަންގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުމާއި އެކު ކޯޕަރޭޝަންގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ އެކަންކަން ކުރުން.

  ސިޓީ ފޮނުވަންވީ ތާރީޚާއި ތަން: 28 ނޮވެމްބަރ 2017  ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވެލާނާގެ 4 ވަނަ ފަންގިފިލާގައި ހުންނަ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން އަށް.

:ހުށައަޅަންޖެހޭ ލިޔުންތައް

 

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

 އިތުރު މަޢުލޫމާތު 

  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/ ) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.
  • މިމަޤާމަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވޭކަމުގެ ސިޓީ ނުފޮނުވޭނެއެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.

ސިޓީ އެޑްރެސް ކުރައްވާނީ:

ހާރިޘް މުޙައްމަދު، އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

 

                                         23 ނޮވެމްބަރު 2017

 

 

23 ނޮވެންބަރު 2017