ދިވެހިރާއްޖެ
ޝަހީދު ޢަލީ ތަކުރުފާނު ސްކޫލް
ހއ ތަކަންދޫ،ދިވެހިރާއްޖެ ނަންބަރ:GS87/IUL/2017/17
އިޢުލާން
2018 ވަނަ އަހަރު މި މަދަރުސާގެ ސެކިއުރިޓީ ބެލެހެއްޓުމާ ބެހޭ
2018 ވަނައަހަރު މި މަދަރުސާގެ ސެކިއުރިޓީ ބަލަހަށްޓާނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 05 ވާ އަންގާރަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 10 ވާ އާދިއްތަ ދުވަހުގެ 10:30 އަށް މި މަދަރުސާއަށް ދުރުވެ އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރާ ފަރާތުގެ ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އެކަން އެނގޭނެފަދަ ސިޓީއެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މި މަސައްކަތް ކުރުމަށް ކުރިމަތިލެވޭނީ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/18 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު ނަމްބަރ ( 2014/19 ) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
..........................
05 ރަބީއުލްއައްވަލް 1438
23 ނޮވެމްބަރ 2017