މަސައްކަތް
ނަންބަރު: (IUL)30-C/30/2017/174
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި: 03 ޑިސެންބަރު 2017 10:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
2017 ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ހއ. އިހަވަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ދަތުރުތަކަށް ލޯންޗް ހަމަޖެއްސުން

އަންދާސީ ހިސާބު

2017  ވަނަ އަހަރުގެ މަސްވެރިންގެ ދުވަހާ ގުޅިގެން ހއ. އިހަވަންދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ބޭފުޅުންގެ ދަތުރުތައް ތިރީގައި ތަފްސީލު ދެވިފައިވާގޮތަށް މިމަސައްކަތް ކޮށް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލަމެވެ.

ހދ. ހަނިމާދޫ – ހއ. އިހަވަންދޫ ލޯންޗް ދަތުރުގެ ތާވަލް

ތާރީޚް

ދަތުރު

ޕަސިންޖަރުންގެ އަދަދު

05 ޑިސެމްބަރ 2017

ހދ. ހަނިމާދޫ – ހއ. އިހަވަންދޫ

12

15 ޑިސެމްބަރ 2017

ހދ. ހަނިމާދޫ - ހއ. އިހަވަންދޫ

78

17 ޑިސެމްބަރ 2017

ހއ. އިހަވަންދޫ – ހދ. ހަނިމާދޫ

78

18 ޑިސެމްބަރ 2017

ހއ. އިހަވަންދޫ – ހދ. ހަނިމާދޫ

12

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2017 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މި މިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ، ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ނުވަތަ ހއ. އިހަވަންދޫ ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

އިތުރު މައުލޫމާތު

 

  • 05 އަދި 18 ޑިސެމްބަރ 2017 ވަނަ ދުވަހު 18 މީހުންގެ ޖާގައިގެ ލޯންޗް
  • 15 އަދި 17 ޑިސެމްބަރ 2017 ވަނަ ދުވަހަށް ، މަސައްކަތަށް ކުރިމަތިލާ ފަރާތަށް ލިބެން ހުރި އެންމެ ބޮޑު ލޯންޗް ހަމަޖެއްސުމަށް ، މިގޮތުން 78 ޕަސިންޖަރުން އުފުލޭ އަދަދަށް ލޯންޗް ހަމަޖެއްސުން

އިވެލުއޭޓް ކުރުމުގައި ޕޮއިންޓްދޭނެ ގޮތް

  • އަގަށް 100 ޕޮއިންޓް (ހުށަހެޅޭ އެންމެ ހެޔޮ އަގު / ހުށަހެޅި އަގު × 70 )

އަންދާސީ ހިސާބާއެކީ ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ކުންފުންޏެއް، ޕަރޓްނަރޝިޕެއް ނުވަތަ ލޯކަލް އިންވެސްޓްމަންޓެއްގެ ނަމުގައި މަސައްކަތަށް ކުރިމަތިލާނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ. އަމިއްލަ ފަރާތްތަކުން އަންދާސީ ހިސާބު ހުށަހަޅާނަމަ ހުށަހަޅާ ފަރާތުގެ މުއްދަތު ހަމަނުވާ އައިޑީ ކާޑުގެ ކޮޕީއެއް ހުށަހަޅަން ވާނެއެވެ.

ށ. ހުށަހަޅާ ފަރާތާ ބެހޭ ޕްރޮފައިލް.

ނ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ކުރަންޖެހޭ ފަރާތްތަކުން އެފަރާތަށް މީރާއިން ދޫކޮށްފައިވާ ޖީއެސްޓީ ރެޖިސްޓްރޭޝަން ކޮޕީ ހުށަހަޅަން ވާނެވެ. (މަސައްކަތް އެވޯޑް ކުރެވޭ ފަރާތުން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ޓެކުހެއްވާނަމަ، އެ ފައިސާއެއް ދައްކައި ހަލާސްކޮށްފައިވާކަން މިނިސްޓްރީން ކަށަވަރު ކުރާނެއެވެ)

ރ. އިމާރާތްކުރުން ނުވަތަ މަރާމާތު ކުރުން ފަދަ މަސައްކަތެއް ކުރުމަށް ބިޑު ހުށަހަޅާނަމަ، މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗަރގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން.

ބ. އަންދާސީ ހިސާބު ހުށައަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ބޭރުގައި ހުށައެޅި ފަރާތާއި އަންދާސީ ހިސާބު ހުށައެޅިފައިވާ މަސައްކަތް އިނގޭނޭ ގޮތަށެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339239 ، 3339257  ނުވަތަ 3339211 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

23 ނޮވެމްބަރ 2017

23 ނޮވެންބަރު 2017