ދިވެހިރާއްޖެ
2018 ވަނަ އަހަރުގެ ޖަނަވަރީ ސެމިސްޓަރގައި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއާއި ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް (އިންސިފް / INCEIF) އާ ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މާސްޓަރ އޮފް އިސްލާމިކް ފައިނޭންސް ޕްރެކްޓިސް ކޯހަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.
މަތީގައި ދެންނެވުނު ކޯހަށް ވަނުމަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފްޞީލް ތިރީގައި މިވަނީއެވެ.
ލެވެލް |
ފެކަލްޓީ / ސެންޓަރުގެ ނަން |
ކޯހުގެ ނަން |
ޝަރުޠު |
މުއްދަތު |
ކޯހުގެ ޖުމްލަ ފީ |
ލެވެލް 9 |
ދަ ގްލޯބަލް ޔުނިވަރސިޓީ އޮފް އިސްލާމިކް ފައިނޭންސް - އިންސެފް |
މާސްޓަރސް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް |
ނޯޓު:-އެމް.އައި.އެފް ޑިގްރީއެއް ހާޞިލްކޮށްފައިނުވި ނަމަވެސް، ކޯހަށް ވަނުމަށްފަހު، ޕްރީރިކުއިސިޓް ކޯސްތައް ކަމަށްވާ (އިސްލާމިކް އިކޮނޮމިކްސް، ކުއަންޓިޓޭޓިވް މެތަޑް، ޝަރީޢާ އެސްޕެކްޓްސް އޮފް ބިޒްނަސް އަދި ފައިނޭންޝަލް އެންޑް މެނޭޖިއަރަލް އެކައުންޓިންގް) ކިޔަވަންޖެހޭ ގޮތަށް ފުރުޞަތު ދިމުނަށް ހަމަޖެހިފައިވެއެވެ. އަދި ސީ.ޖީ.ޕީ.އޭ 2.0 އާއި 2.5 އާދެމެދު ޙާޞިލްކޮށްފައިވާ ކެންޑިޑޭޓުންނަށް އިތުރު ޓެސްޓެއް ހަދައިގެން ނުވަތަ އިންސެފްއިން ކަނޑައަޅާ އުސޫލަކުން ކޯހަށް ވަދެވިދާނެއެވެ. އަދި މަތީގައިވާ ޝަރުތުތައް ފުރިހަމަ ވެފައިވުމާއެކު،
އެހެންނަމަވެސް ކުރިން ޙާޞިލްކޮށްފައިވާ ސަނަދުތަކަކީ އިނގިރޭސި ބަހުން ކިޔަވާފައިވާ ސަނަދެއްނަމަ، މި ޝަރުތުން އިސްތިސްނާވާނެއެވެ. |
18 މަސް |
15 މޮޑިއުލްގެ ޖުމްލަ: 33000 ރިންގިޓް
އެޕްލިކޭޝަން ފީ: 30 ޑޮލަރު |
ކޯހާބެހޭ މަޢުލޫމާތު (www.ium.edu.mv) ވެބްސައިޓުން ލިބެން ހުންނާނެއެވެ.
ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަނުމަށް އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 08 ޖަނަވަރީ 2018 ވާ ހޯމަ ދުވަހުގެ ކުރިން އޮންލައިންކޮށް އިންސިފް / INCIEF https://apply.inceif.org/online- application ހުށަހެޅުއްވުން އެދެމެވެ.
05 ރަބީޢުލްއައްވަލް 1439
23 ނޮވެމްބަރ 2017