ޢާންމު މަޢުލޫމާތު
ނަންބަރު: 288/2017/076
ޕަބްލިޝްކުރި ތާރީޚް: 23 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:58
ސުންގަޑި: 30 ނޮވެންބަރު 2017 14:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރުން ވާރޭފެން ދޫކުރުމާބެހޭ

ބަނދަރުން ވާރޭފެން ދޫކުރުމާބެހޭ

 މިރަށު ބަދަރު ސަރަހައްދުގައި ބަހައްޓާފައިވާ ވާރޭފެން ތާންގީތަކުން ރަށުން ބޭރު ފަރާތްތަކަށް ފެން ވިއްކާގޮތަށް ހަމަޖައްސައިފީމެވެ. މިގޮތުން ފެން ވިއްކުމަށް ހަމަޖެހިފައިވަނީ ލިޓަރެއް 25-/ (ފަންސަވީސް) ލާރީ އަށެވެ.

ފެން ގަންނަން ބޭނުންވާ ފަރާތްތަކުން ރަސްމީ ގަޑީގައިނަމަ ގުޅުއްވާނީ 6560015 ނަންބަރު ފޯނާއި އެވެ. ރަސްމީ ގަޑި ފިޔަވައި އެހެން ގަޑިތަކުގައިނަމަ، 7753250، 7909383، 7678807، 7764849 މި ނަންބަރުތަކުންކުރެ ނަންބަރަކަށެވެ.

ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

5 ރަބީޢުލްއައްވަލް 1439ހ.

23 ނޮވެންބަރު 2017މ.

23 ނޮވެންބަރު 2017