ދެންނެވުން
ނަންބަރު: 116-J3/IL/2017/41
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:55
ސުންގަޑި: 29 ނޮވެންބަރު 2017 14:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުޑް އެންޑް ބެވަރޭޖް އައުޓްލެޓެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި ފުޑް އެންޑް ބެވަރޭޖް އައުޓްލެޓެއް ހިންގުމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދައުވަތު

 



މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އިން ހިންގަމުން ގެންދާ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް ޑިޕާޗަރ ޓަރމިނަލް ގައި އިންޓަރނޭޝަނަލް ބްރޭންޑެއްގެ އެފް އެންޑް ބީ އައުޓްލެޓެއް ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަން ފުރުސަތު ދެމެވެ.

 1.        ކާބޯތަކެތީގެ ކޮންސެޕްޓް:

ކާބޯތަކެތީގެ ކޮންސެޕްޓް

ޖާގައިގެ ބޮޑުމިން*

ގްރޭބް-އެންޑް-ގޯ

27.5 އަކަމީޓަރު

*ޖާގައިގައި ހިމެނެނީ ކިއޮސްކް އެކަނި

 2.      ބީލަމަށް ޝައުޤުވެރިކަން ރެޖިސްޓަރ ކުރުން:

ޝައުޤުވެރިވާ ފަރާތްތަކުން ރަޖިސްޓްރީ ކުރުމަށް [email protected] އަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވުމުގެ ސުންގަޑިއަކީ 2017 ނޮވެންބަރު 29 ވާ ބުދަ ދުވަހުގެ 15:00 ގައެވެ.

ރަޖިސްޓްރީ ކުރުމަށް އީމެއިލް ނުވަތަ ސިޓީ ފޮނުއްވާނީ ތިރީގައިވާ ލިޔުންތަކާއެކުއެވެ. އަދި ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ ފްރެންޗައިސް ބްރޭންޑެއް އެކަންޏެވެ.

-          ކުންފުނީގެ ރަޖިސްޓްރީ ކޮޕީ ނުވަތަ ސޯލް ޕްރޮޕްރަޔަޓާޝިޕް ރަޖިސްޓްރީ ކޮޕީ ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަޝިޕް ރަޖިސްޓްރީ ކޮޕީ 

-          ޓެކްސް ޕޭޔަރ ރަޖިސްޓްރީ ކޮޕީ

-          ހުށަހަޅާ ބްރޭންޑްގެ މިހާރު ހިންގާ ރެސްޓޯރަންޓް އަށް ލިބިފައިވާ ފްރެންޗައިސް ލައިސަންސް ކޮޕީ ނުވަތަ ލައިސަންސް ހޯދުމަށް މަސައްކަތް ފަށާފައިވާ ކަމުގެ ލިއެކިއުން.

-          ގުޅާނެ ފޯނު ނަންބަރާއި، އީމެއިލް އައި.ޑީ

މި ބީލަމަށް ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން ހިންގަން ގަސްދުކުރާ އިންޓަނޭޝަނަލް ބްރޭންޑު ރާއްޖޭގައި ހިންގުމަށް ފްރެންޗައިސީ ލައިސަންސް ހޯއްދަވަންވާނެއެވެ. ބީލަމަށް ޝައުޤުވެރިކަން ފާޅުކުރުމަށްފަހު ނުވަތަ ޝައުގުވެރިކަން ފާޅުކުރުމުގެ ކުރިން ފްރެންޗައިސީ ލައިސަންސް ހޯދުމުގެ މަސައްކަތް ކުރުމުގެ އިޚްތިޔާރު ލިބިގެންވެއެވެ. ޕްރޮޕޯސަލް ހުށަހަޅަންވާނީ ލައިސަންސާއި އެކުގައެވެ.

ބީލަމަށް ޝައުޤުވެރިކަން ފާޅުކުރައްވާ ރަޖިސްޓްރީ ކުރައްވާ ފަރާތްތަކަށް ބީލަަން ފޮތް ދޫކުރެވޭނެއެވެ. އަދި އެފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

 3.      ބީލަމުގެ އިވެލުއޭޝަން މަރުހަލާ އަށް ކޮލިފައިވާނެ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް

3.1. މި ބީލަމަށް ޝައުގުވެރިކަން ފާޅުކުރައްވާ ފަރާތްތައް 2017 ނޮވެންބަރު 29 ގެ ނިޔަލަށް ރަޖިސްޓްރީވުން

3.2. ސޯލް ޕްރޮޕްރަޔަޓާޝިޕް ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަޝިޕް ނުވަތަ ކުންފުންޏަކަށްވުން 

3.3. ހުށަހަޅާ ބްރޭންޑްގެ ލައިސަންސް ލިބިފައިވާ ފަރާތަކަށްވުން ނުވަތަ ހުށަހަޅާ ބްރޭންޑްގެ ފަރާތުން މި ބީލަމަށް ކުރިމަތިލާ ފަރާތަށް ލައިސަންސް ލިބޭނެ ކަމުގެ ލިޔުން ލިބިފައިވުން

3.4. އެމް.އޭ.ސީ.އެލް އަށް ދަރަނިވެރިވެފައިވާ ނުވަތަ ސަރުކާރުގެ އިދާރާ އަކަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކައިގެން ލިސްޓު ކުރެވިފައިވާ ފަރާތަކަށް ނުވުން

3.5. ބީލަމަށް ކުރިމަތި ނުލެވޭ ފަދަ ކޯޓު ހުކުމެއް ނުވަތަ ބީލަމުގައި ބައިވެރިނުވެވޭ ފަދަ މައްސަލައެއް ޝަރީއަތުގެ މަރުހަލާގައި ހިނގަމުންދާ ފަރާތަކަށް ނުވުން

3.6. 2014، 2015 އަދި 2016 ގެ އޯޑިޓް ކުރެވިފައިވާ މާލީ ބަޔާންތައް ހުށަހެޅެނޭ ފަރާތަކަށްވުން (މި ބީލަމުގެ ބޭނުމަށް ސޯލް ޕްރޮޕްރަޔަޓާޝިޕް ނުވަތަ ލިމިޓެޑް ލައިބިލިޓީ ޕާޓްނަޝިޕް ފަރާތްވެސް މާލީ ބަޔާން ތައްޔާރު ކުރައްވާ ސަރޓިފައިޑް އޯޑިޓަރެއްގެ ބަޔާންނާއެކު ހުށަހަޅުއްވަންވާނެއެވެ).

 

4.      ޝައުގުވެރިކަން ރެޖިސްޓަރ ކުރުމުގެ މުއްދަތު ނިމުން:          29 ނޮވެންބަރު 2017     

5.      ޕްރީބިޑް މީޓިންގް                              04 ޑިސެންބަރު 2017

6.      ބީލަން ހުށައަޅަންޖެހޭ ތާރީޚް                         12 ޑިސެންބަރު 2017

7.      އިވެލުއޭޝަން ކްރައިޓީރިއާ

މާކްސް ދެވޭ ބައިތައް

މާކްސް

ބްރޭންޑް ރެކޮގްނިޝަން

30

ފައިނޭންޝަލް ބިޑް

70

ޖުމުލަ

100

 

8.     ރަޖިސްޓްރީ ކުރުމާއި އިތުރު މަޢުލޫމާތު:

ކޮމަރޝަލް ޑިޕާޓްމަންޓް

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

ހުޅުލެ 22000 ދިވެހިރާއްޖެ

ފޯން: 3337215، 3337156

އީ-މެއިލް: [email protected]

 

22 ނޮވެންބަރު 2017