ޢާންމު މަޢުލޫމާތު
ނަންބަރު: 113-PRC/I-2017/90
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:17
ސުންގަޑި: 03 ޑިސެންބަރު 2017 11:00
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މިކުންފުނިީގެ ކޮންޓެއިނާ ޔާރޑް މެނޭޖް ކުރުމަށްޓަކައި ބަނދަރު ސޮފްޓްވެއަރ އިން ޑޭޓާ އަޕްޑޭޓް ކޮށް ޓެލީކުރުމަށް، ފޯރުކޮށްދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް 10 އައިޕެޑް ގަންނަން ބޭނުންވެ ކުރެވުނު އިޢުލާން ބާތިލްކޮށް އަލުން އިޢުލާކުރުމާއި ގުޅޭ

މިކުންފުނިީގެ ކޮންޓެއިނާ ޔާރޑް މެނޭޖް ކުރުމަށްޓަކައި ބަނދަރު ސޮފްޓްވެއަރ އިން ޑޭޓާ އަޕްޑޭޓް ކޮށް ޓެލީކުރުމަށް، ފޯރުކޮށްދޭ ސްޕެސިފިކޭޝަންއާއި އެއްގޮތަށް 10 އައިޕެޑް ގަންނަން ބޭނުންވެ ކުރެވުނު ނަންބަރު:113-PRC-I-2017/087 އިޢުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީވެ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާކުރަމެވެ.

  ވީމާ، މިތަކެތި ވިއްކުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތާވަލުގައިވާ ތާރީޚަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. 

މަޢުލޫމާތު ސާފު ކުރެއްވުން

އަންދާސީ ހިސާބު ހުށަހެޅުއްވުން

27 ނޮވެމްބަރު 2017 ވާ ހޯމަ ދުވަހުގެ 11:00

 03 ޑިސެމްބަރު 2017 ވާ އާދީއްތަ ދުވަހުގެ 11:00

 

   މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިގަންނަވާ ފަރާތްތައް ފިޔަވައި އިތުރު ފަރާތްތަކަށް އަގު ހުށަނޭޅުއްވޭނެ ވާހަކަ ދަންނަވަމެވެ.

22 ނޮވެންބަރު 2017