ވަޒީފާގެ ފުރުޞަތު
ނަންބަރު: WAMCO-HR/IUL/2017/098
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:54
ސުންގަޑި: 26 ނޮވެންބަރު 2017 16:00
ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސައުތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރއަށް މުވައްޒަފުން ހޯދުން

އިޢުލާން

ނަންބަރު:WAMCO-HR/IUL/2017/098

 

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން: ސައުތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ސ.ހިތަދޫ)

މަޤާމުތައް:

  • ކަލެކްޝަންސް ސަރވިސަސް އެސިސްޓެންޓް (ޖީ.ސީ.އީ އޯލެވެލް، މަގާމާއި ގުޅޭ ދާއިރާއަކުން 3 އަހަރުގެ ތަޖުރިބާ ލިބިފައިވުން)
  • ކޭޝިއަރ (ޖީ.ސީ.އީ އޯލެވެލް، މަގާމާއި ގުޅޭދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން)
  • ޑިއުޓީ އޮފިސަރ (ޖީ.ސީ.އީ އޯލެވެލް، މަގާމާއި ގުޅޭދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން)
  • ޑްރައިވަރ (C2 , C0 ކެޓަގަރީގެ ލައިސެންސް)
  • ސެކިއުރިޓީ ގާރޑް ( ލިޔަން ކިޔަން އެނގުން، މަގާމުގެ މައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން)
  • ވެށިފާރަވެރިން (ލިޔަން ކިޔަން އެނގުން، މަގާމުގެ މައްސޫލިއްޔަތު އަދާކުރެވޭފަދަ ސިއްހަތެއްގައި ހުރުން)

 

މަސައްކަތް ކުރަންޖެހޭ ތަން: ސައުތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރ (ސ.ހުޅުމީދޫ)

މަޤާމުތައް:

  • ހެވީ ވެހިކަލް އޮޕަރޭޓަރ (ހެވީ ވެހިކަލް ލައިސެންސް)
  • ކޭޝިއަރ (ޖީ.ސީ.އީ އޯލެވެލް، މަގާމާއި ގުޅޭދާއިރާއަކުން މަދުވެގެން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން)

 

ވަޒީފާއަށް ކުރިމަތިލުމާއި އިންޓަރވިއުކުރުން

މި ވަޒީފާތަކަށް ޝައުޤުވެރިވާ ފަރާތްތަކުން، ތިރީގައި މިދަންނަވާ ގަޑިތަކަށް ސައުތު ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ މައި އޮފީސް ނިދާލް، ސ.ހިތަދޫއަށް ވަޑައިގެން ވަގުުތުން ކުރިއަށްދާ އިންޓަރ ވިއުގައި ބައިވެރިވެ ވަޑައިގަތްދެއްވުން އެދި ދައުވަތު އަރުވަމެވެ.

ތާރީޚް

ދުވަސް

ފަށާ ގަޑި

ނިންމާ ގަޑި

25 ނޮވެމްބަރ 2017

ހޮނިހިރު

09:00

12:00

14:00

16:00

26 ނޮވެމްބަރ 2017

އާދީއްތަ

09:00

12:00

14:00

16:00

 

އިންޓަރވިއުއަށް ހާޒިރުވާއިރު ގެންނަންޖެހޭ ތަކެތި

  1. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  2. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް އެކްރެޑިޓް ކުރެވިފައިވާ) ކޮޕީ،
  3. ޕޮލިސް ރިޕޯޓު (ދޫކުރިފަހުން 03 މަސްދުވަސް ހަމަނުވާ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
  6. ލައިސަންސް ކާޑު ކޮޕީ
22 ނޮވެންބަރު 2017