ދިވެހިރާއްޖެ
ނަމްބަރ: IUL)225-BF/225/2017/21)
އިޢުލާނު
ހއ. އަތޮޅު ކައުންސިލް އިދާރާގެ ރެހެންދި ލާންޗުގައި ކުރިން އަޅާފައިވާ ޔަމަހާ200 ހޯސްޕަވަރގެ ދެ އިންޖީނާއި،ސްޓިއަރިންގ ސިސްޓަމް ސިޓީލާ ނީލަމުގައި ވިއްކާލުން
ހއ.އަތޮޅު ކައުންސިލް އިދާރާގެ ރެހެންދި ލާންޗުގައި ކުރިން އަޅާފައިވާ ޔަމަހާ 200 ހޯސްޕަވަރގެ ދެ އިންޖީނާއި، ސްޓިއަރިންގ ސިސްޓަމް ސިޓީލާ ނީލަމުގައި ވިއްކާލުމަށްވަނީ ހަމަޖެހިފައެވެ. މި އިންޖީނު ވިއްކާލަން ހަމަޖެހިފައިވަނީ ކޮންމެ އިންޖީނެއް ވަކިން އަގުހުށަހަޅާގޮތަށެވެ. އިންޖީނެއްގެ ނީލަންފެށޭ އަގަކީ 122900.00 ރުފިޔާއެވެ. އިންޖީނެއްގެ އަގަށް މަދުވެގެން ފަހަރަކު އިތުރުކުރެވޭނީ 2000.00 ރުފިޔާއެވެ. ސްޓިއަރިންގ ސިސްޓަމްގެ ފެށޭއަގަކީ17100.00 ރުފިޔާއެވެ. ސްޓިއަރިންގ ސިސްޓަމްގެ އަގަށް ފަހަރަކު މަދުވެގެން އިތުރުކުރެވޭނީ 500.00 ރުފިޔާއެވެ. މިކަމަށްއެދި ހުށަހަޅާ ސިޓީ ބަލައިގަތުން އޮންނާނީ ބަންދުނޫން ކޮންމެ ދުވަހަކު 8:30 ން 13:30 އަށް މި އިދާރާއިންނެވެ. އަދި އީ-މެއިލްކޮށް ސިޓީފޮނުވުމަށް ބޭނުންފުޅުވާ ފަރާތްތަކުން މި އިދާރާގެ އީމެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. އެކަށީގެންވާ އަގެއްގައި ބަންދު ދުވަސްތައްފިޔަވައި ޖެހިޖެހިގެން ތިންދުވަސްވާންދެން އޮވެއްޖެނަމަ އެއަގު ހުށަހެޅިފަރާތަށް ނީލަން ނިންމާލެވޭނެއެވެ. ހުށަހެޅޭ އަގު މި އިދާރާގެ www.haliftoll.gov.mv ވެބްސައިޓުންނާއި ނޯޓިސްބޯޑުން ފެންނަން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު ބޭނުންވާނަމަ ނަމްބަރ 9900059 ފޯނާ ގުޅުއްވުމުން ސާފުވާނެއެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
02 ރަބީޢުލްއައްވަލް1439
20 ނޮވެންބަރު 2017