ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)/434-HR/434/2017/89
ޕަބްލިޝްކުރި ތާރީޚް: 22 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 03 ޑިސެންބަރު 2017 13:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
އެސިސްޓެންޓް ހިއުމަން ރިސޯސަސް އޮފިސަރ

މަޤާމް :އެސިސްޓެންޓް ހިއުމަން ރިސޯސަސް އޮފިސަރ
ބޭނުންވާ އަދަދު :1

މަގާމު

އެސިސްޓެންޓް ހިއުމަން ރިސޯސަސް އޮފިސަރ

މަޤާމުގެ ނަންބަރު

231803

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

ޖީ.އެސް.3

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ސެކްޝަން

ހިއުމަން ރިސޯސް ސެކްޝަން

މަޤާމް އޮތް އޮފީސް

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

ވަޒީފާ އަދާކުރަން ޖެހޭ ތަން

ނޭޝަނަލް ޑްރަގް އޭޖެންސީ، ކ. މާލެ

މުސާރަ

މަހަކު -/4465ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވެންސް

މަހަކު (އަސާސީ މުސާރައިގެ %35)

ރިސްކު އެލަވަންސް

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ދޭ އެލަވަންސް ފޮތުގައިވާ G209ގައިވާ ގޮތުގެ މަތީން

އިތުރު ޢިނާޔަތްތައް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބްތައް:

  1. އެން.ޑީ.އޭއާއި އެން.ޑީ.އޭއިން ބަލަހައްޓަމުންގެންދާ ތަންތަނުގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން އެލަވަންސް (ޕޭރޯލް/ މުވައްޒަފުންގެ މުސާރަދިނުމަށް ހަމަޖެހިފައިވާ ދުވަހަށް) ދިނުމުގެ އެންމެހާ މަސައްކަތްކުރުން.
  2. މުސާރައާއި ގުޅިގެން ހުށަހަޅަންޖެހޭ ހުރިހާ ރިޕޯޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ޤަވާއިދުން ފޮނުވުން.
  3. އަލަށް ވަޒީފާދެވޭ މުވައްޒަފުންނަށް ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް ހިންގުމުގެ މަސައްކަތް އަދި އަލަށް ވަޒީފާއަށް ނުކުންނަ ފަންނީ މުވައްޒަފުންނާއި، ދާއިރާގެ އޮނިގަނޑު ރޭވިފައިވާގޮތް މަސައްކަތް ހިންގުމަށް ރޭވިފައިވާ ގޮތުގެ އޮރިއެންޓޭޝަން ހިންގުން  އަދި ސިވިލް ސަރވިސްގެ ވަޒީފާއަށް އަހުލުވެރިކުރުމުގެ ޕްރޮގްރާމް (އިންޑަކްޝަން) ހިންގުމުގެ އެންމެހާ މަސައްކަތްކުރުން.
  4. އެން.ޑީ.އޭއާއި އެން.ޑީ.އޭ އިން ބަލަހައްޓަމުން ގެންދާ ތަންތަނުގެ މުވައްޒަފުންގެ ރަޖިސްޓްރީ (ދާއިމީ، ފޮހޭ، ކޮންޓްރެކްޓް ރަޖިސްޓްރީ) ބަލަހައްޓާ މަޤާމުތަކަށް އަންނަ ބަދަލާއި، އުނިއިތުރުކުރަންޖެހޭ މަޤާމުތައް ފާހަގަކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  5. އެން.ޑީ.އޭއާއި އެން.ޑީ.އޭއިން ބަލަހައްޓަމުން ގެންދާ ތަންތަނުގެ މުވައްޒަފުންގެ ޕަރސަނަލް ފައިލްތައް ހެދުމާއި އަޕްޑޭޓްކޮށް ބެލެހެއްޓުން.
  6. ސިވިލް ސަރވިސްގެ ޤަވާއިދުތަކަށް މުވައްޒަފުން އަހުލުވެރި ކުރުވުމުގެ ގޮތުން ސިވިލް ސަރވިސް ޓްރޭނިންގ ޔުނިޓާއި ގުޅިގެން ޕްރޮގްރާމްތައް ރާވާ ހިންގުމުގެ މަސައްކަތް ކުރުން.
  7. އެކިއެކި ކޯސްތަކުގައި ވަޑައިގެންފައިވާ ފަރާތްތަކަށް ލިބެންޖެހޭ ފައިސާ އާއި އެހެނިހެން އެލަވަންސްތައް ހަމަޖައްސައިދިނުމާއި، ގަވާއިދުން ލިބޭތޯ ބަލަމުން ގެންދިއުން.
  8. ކޮންމެ އަހަރެއްގެ ޑިސެމްބަރު މަސްނިމުމުގެ ކުރިން އެން.ޑީ.އޭ އާއި ހުރިހާ ސެންޓަރުތަކުގެ މުވައްޒަފުންގެ ޗުއްޓީ ޕްލޭން (ލީވް ޝެޑިއުލް) ތައްޔާރުކުރުން.
  9. އެން.ޑީ.އޭ އަދި އެހެން ސެންޓަރުތަކުގެ މުވައްޒަފުންގެ ޗުއްޓީ (ސަލާމް، އައިލީ ޒިންމާ އަދި އަހަރީ ޗުއްޓީ ބާކީކޮށް) އާއި ގުޅޭ އެންމެހާ މަސައްކަތް ކުރުމާއި އަދި ސަލާމާއި އައިލީ ޒިންމާ އަދި ޗުއްޓީ ފޯމްތަށް މުވައްޒަފުންގެ ފައިލަށްލާ އަޕްޑޭޓްކޮށް ބެލެހެއްޓުން.
  10. މުވައްޒަފުންގެ ސަލާމާއި އާއިލީ ޒިންމާ އަދި އަހަރީ ޗުއްޓީ އެޓެންޑެންސް ސިސްޓަމަށް ދުވަހުން ދުވަހަށް އަޅައި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި އަލަށް ވަޒީފާދެވޭ މުވައްޒަފުން ސޮއިކުރުމުގެ އިންތިޒާމް ހަމަޖައްސާ ހާޟިރީ ބެލެހެއްޓުން.
  11. ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާ ފަރާތްތަކަށް (އޮންދަ ޖޮބް ޓްރޭނީ އަދި ދީނީ ފެސިލިޓޭޓަރުން) ވަޒީފާ ދިނުމުގެ އެންމެހާ މަސައްކަތްތައްކުރުން.

 

 

  1. އެން.ޑީ.އޭއިން ހިންގާ އެކިއެކު ޕްރޮޖެކްޓްތަކަށް ކޮންޓްރެކްޓް އުސޫލުން ހޯދަންޖެހޭ ދިވެހިން ހޯދުމުގެ މަސައްކަތްކުރުން.
  2. މިއެޖެންސީގެ ދަށުން ހިނަގމުންދާ ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް ކޮމެޓީ (އެޗް.އާރް.އެމް.ޑީ) ގެ އެންމެހައި މަސައްކަތްތައް ކުރުން.
  3. މިއެޖެންސީއާއި މިއެޖެންސީގެ ދަށުން ހިނގަމުންދާ ސެންޓަރުތަކުގެ މަޤާމުތަކުގެ އިންޓަރވިއުކުރިއަށް ގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  4. އޮފީސްހުޅުވުން އަދި އޮފީސް ލެއްޕުން (ކަނޑައެޅިފައިވާ ހަފްތާ ތަކުގައި).

 

 

މަޤާމުގެ ޝަރުތުތައް

1.ހިއުމަން ރިސޯސް މެނޭޖްމަންޓް  / ބިޒްނަސް މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު،  ހިއުމަން ރިސޯސް މެނޭޖްމަންޓް  / ބިޒްނަސް މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކްންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލޭނެ ކަންކަން:

1. ތަޢުލީމާއި ތަމްރީން.

2. މަސައްކަތުގެ ތަޖުރިބާ.

3. އިންޓަވިއު.

4. ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރިވެފައިވާ މިންވަރު.

5. ގިނަވަގުތު އޮފީހުގައި މަސައްކަތް ކުރެވޭނެ މީހެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކުރައްވާފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބައްލަވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތަކާއި، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ ފެންވަރު ބައްލަވާފައިވާ ސެޓުފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެއްވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)

(ށ) ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީ ތަޢުލީމުދޭ މަރުކަޒަކުން ކުރިއަށްގެންދާ ރާއްޖޭގެ

 ޕްރޮގްރާމްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.  ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

(ނ) ސިވިލް ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ހިންގަވާ ކޯސްތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ

6. ފުރިހަމަކޮށްފައިވާ، ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނުން ފާސްވިކަން އަންގައިދިނުމުގެ ގޮތުން ސިވިލް

ސަރވިސް ޓްރޭނިންގ އިންސްޓިޓިއުޓުން ދޫކޮށްފައިވާ ސެޓުފިކެޓުގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ

(ހ) ސިވިލް ސަރވިސް އިން ބޭރު ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާއެއް އަދާކުރި މުއްދަތާއި ކުރި މަސައްކަތް ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިންސްޓިޓިއުޓެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރި މުއްދަތާއި ކުރި މަސައްކަތް އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

ވަޒީފާއަށް އެދޭ ފޯމު ނޭޝަނަލް ޑްރަގް އޭޖެންސީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި އިދާރާގެ www.nda.gov.mv ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ. މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޑިސެންބަރު 2017 ވާ އާދީއްތަ ދުވަހުގެ 13:00ގެ ކުރިން،  ނޭޝަނަލް ޑްރަގް އޭޖެންސީގެ (ގ. ގްރީންގެ، ކ. މާލެ) އަށެވެ.  ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށްވެސް އަދި ފެކްސް މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ، [email protected] އެވެ. ފެކްސް ނަންބަރަކީ، 3328184އެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.   

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ،  2017 ޑިސެންބަރު މަހުގެ ތެރޭގައި ނޭޝަނަލް ޑްރަގް އޭޖެންސީގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

ޝޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10  އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

30% (ތިރީސް އިންސައްތަ)

އިތުރު މަޢުލޫމާތު ހޯދުން

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3343061 / 3334568 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ، 3328184 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

04 ރަބީއުލްއައްވަލް 1439

22  ނޮވެމްބަރ  2017

22 ނޮވެންބަރު 2017