ދިވެހިރާއްޖެ
ގއ. އަތޮޅު ތަޢުލީމީ މަރުކަޒުވިލިނގިލި، ހުވަދު އަތޮޅު އުތުރުބުރިދިވެހިރާއްޖެ |
ނަމްބަރ: GS05-C /MISC/2017/09 ތާރީޚް: 22 ނޮވެމްބަރ 2017
އިޢުލާން
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
01 ޖެނުއަރީ 2018މ. ން 31 ޑިސެމްބަރ 2018މ. އަށް ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި ސްކޫލްގެ ސެކިއުރިޓީ ބަލަހައްޓައި ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ޑިސެމްބަރ 2017 ވާ އާދީއްތަ ދުވަހުގެ 13:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފު ނުކުރައްވާ ފަރާތް ތަކުން ހުށަހަޅުއްވާ އެސްޓިމޭޓް ބަލާ ނުގަނެވޭނެ ވާހަކަ މައުލޫމާތަށް ޓަކައި ދެންނެވީމެވެ.
ޚަދީޖާ އިބްރާހިމް
ހެޑް އޮފް ސްކޫލް