ދިވެހިރާއްޖެ
މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް
ވާރލްޑް ބޭންކާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ހިންގޭ "މޯލްޑިވްސް ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑެވެލޮޕްމަންޓް ޕްރޮޖެކްޓް" އަކީ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް އެސިސްޓެންސް "އައި.ޑީ.އޭ"ގެ ހިލޭ އެހީގައި މަސްވެރިކަމުގެ ޞިނާއަތް ތަރައްޤިކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މި ޕްރޮޖެކްޓުގެ މަސައްކަތްތައް ކުރަމަށް ތިރީގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝައުގެވެރިވާފަރާތްތައް "ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު" މިމިނިސްޓްރީއިން ހުޅުވާލަމެވެ.
މަޤާމް: ސްޓެޓިސްޓިކަލް އެނަލިސްޓް
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: 8,000/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަދި މަސައްކަތްހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޭ ލެވެލްގައި 3 މާއްދާއިން ދާށްވެގެން "ސީ" ފާސް ލިބިފައިވުން.
- މައިކްރޮސޮފްޓް އެކްސެލް އަށް އަހުލްވެރިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
http://www.fishagri.gov.mv/images/download/Statistical_Analyst_TOR.pdf
މަޤާމް: ރިސާޗް އެސިސްޓެންޓް (ސްޓްރެޓެޖިކް ރީފް ފިޝަރީ ސާމްޕްލިންގ ޕްރޮގްރާމް)
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: 9,250/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މެރިން ރިސާޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- މެރިން ސައިންސް، މަސްވެރިކަމާއި ގުޅުން ހުރި ދާއިރާއަކުން ބެޗަލަރސް ޑިގްރީ ހާޞިލްކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ. އޭ ލެވެލްގައި 3 މާއްދާއިން ފާސްވެފައިވުމާއި އެކު ތިމާވެށީގެ، ކަނޑުގެ މާހައުލާއިގުޅުން ހުރި ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ. އޭ ލެވެލްގައި 3 މާއްދާއިން ފާސްވެފައިވުމާއި އެކު މެރިން ސައިންސް، އެންވަޔަރަމަންޓަލް ސައިންސް ނުވަތަ މިފަދަ ކޯހެއްގެ 2 އަހަރު ކިޔަވައިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
މަޤާމް: ފީލްޑް އޮފިސަރ (ސްޓްރެޓެޖިކް ރީފް ފިޝަރީ ސާމްޕްލިންގ ޕްރޮގްރާމް)
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 3
މުސާރާ: 8,250/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މެރިން ރިސާޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯ ލެވެލް ނިންމާފައިވުން
- ކަނޑުމަތީގައި މަސައްކަތްކުރުމުގެ ތަޖްރިބާ ލިބިފައިވުމާއިއެކު ކަނޑުމަތީގެ އުޅަނދުތަކުގައި މަސައްކަތްކުރުމަށް ޝައުގުވެރިކަން ހުރި ފަރާތެއްކަމުގައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
މަޤާމް: ރިސާޗް އެސިސްޓެންޓް (ގްރޫޕަރ ފިޝަރީޒް މެނޭޖްމަންޓް ޕްރޮގްރާމް)
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: 9,250/- ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މެރިން ރިސާޗް ސެންޓަރ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު:
- މެރިން ސައިންސް، މަސްވެރިކަމާއި ގުޅުން ހުރި ދާއިރާއަކުން ބެޗަލަރސް ޑިގްރީ ހާޞިލްކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ. އޭ ލެވެލްގައި 3 މާއްދާއިން ފާސްވެފައިވުމާއި އެކު ތިމާވެށީގެ، ކަނޑުގެ މާހައުލާއިގުޅުން ހުރި ޕްރޮޖެކްޓެއްގައި މަސައްކަތްކޮށްފައިވުން ނުވަތަ
- ޖީ.ސީ.އީ. އޭ ލެވެލްގައި 3 މާއްދާއިން ފާސްވެފައިވުމާއި އެކު މެރިން ސައިންސް، އެންވަޔަރަމަންޓަލް ސައިންސް ނުވަތަ މިފަދަ ކޯހެއްގެ 2 އަހަރު ކިޔަވައިފައިވުން
ކުރަންޖެހޭ މައިގަނޑު މަސައްކަތް
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
http://www.fishagri.gov.mv/images/download/tor for grouper fishery program -research assistant.pdf
މަޤާމް: ޕްރޮޖެކްޓް އެސިސްޓެންޓް
ގިންތި: ކޮންޓްރެކްޓް (3 އަހަރު)
ބޭނުންވާ ޢަދަދު: 1
މުސާރާ: 9250 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: މިނިސްޓްރީ އަދި ޕްރޮޖެކްޓްގެ މަސައްކަތް ހިންގޭ ރަށްތަކުގައި
މަޤާމުގެ ޝަރުތު: ޖީ.ސީ.އީ އޯ ލެވެލްގައި 5 މާއްދާއިން ދަށްވެގެން ["ސީ] ފާސް ޙާޞިލުކޮށްފައިވުން.
ކުރަންޖެހޭ މައިގަނޑު މަސައްކަތް:
މި މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ތިރީގައިވާ ލިންކުން ލިބިވަޑައިގަންނަވާނެވެ.
http://www.fishagri.gov.mv/images/download/tor for project assistant -pmu.pdf
މިވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
މި މަޤާމްތަކަށް ޤާބިލު ފަރާތްތައް ހޮވުމަށް ބެލޭނެ ކަންތައްތައް ޓާރމްސް އޮފް ރިފެރެންސްގައި ހިމެނިފައިވާނެއެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް:
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓަރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓިފިކެޓުތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 29 ނޮވެމްބަރ 2017 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖްކްޓް މެނޭޖްމަންޓް ޔުނިޓަށް، (މެރިން ރިސާރޗް ސެންޓަރ އިމާރާތް، ހ. ވައިޓްވޭވްސް، މޫންލައިޓް ހިނގުން) ނުވަތަ މިނިސްޓްރީ އަށް ވަޒީފާއަށްއެދި އެކްސްޕްރެޝަން އޮފް އިންޓަރެސްޓް ހުށަހެޅުއްވުން އެދެމެވެ. އަދި އީމެއިލުން
ހުށަހަޅުއްވާނަމަ ފޮނުއްވަންވީ އީމެއިލް އެޑްރެހަކީ [email protected] އެވެ. ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.
އިތުރު މަޢުލޫމާތު ހޯދުން:
މި މަޤާމުތަކުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތަކުގެ ތަފްޞީލު (ޓަރމްސް އޮފް ރެފެރެންސް) ހޯއްދެވުމަށް ޕްރޮޖެކްޓް މެނޭޖްމަންޓް ޔުނިޓްގެ ނަމްބަރު 3322328 ފޯނަށް ގުޅުއްވުން އެދެމެވެ. ނުވަތަ [email protected] އީމެއިލް ފޮނުއްވުނެ އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އާއި 13:00 ދެމެދު 3322328 ފޯނާއި ގުޅުއްވުން އެދެމެވެ.
2 ރަބީޢުލްއައްވަލު 1439