މަސައްކަތް
ނަންބަރު: (IUL)249-A/249/2017/103
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:52
ސުންގަޑި: 26 ނޮވެންބަރު 2017 11:30
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކެލާ ކައުންސިލް އިދާރާގެ އިންފާރުގައި ދޮރެއް ހަރުކުރުމާއިގުޅޭ

އިޢުލާން                                           

ކައުންސިލް އިދާރާގެ އިންފާރުގައި ދޮރެއް ހަރުކުރުމާއި ގުޅޭ

      ހއ ކެލާ ކައުންސިލްއިދާރާގެ އިންފާރުގައި ދޮރެއް ހަރުކުރުމަށް ބޭނުންވެއެވެ.  މިމަސައްކަތައް ބޭނުންވާ މައިގަނޑު ތަކެތި މިއިދާރާއިން ހަވާލުކުރާނެއެވެ.

      ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ދުވަސްތަކުގައި ކެލާ ކައުންސިލްއިދާރާގެ މީޓިންރޫމަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމާއި ކޯޓޭޝަން ހުށަހެޅުއްވުން އެދެމެވެ.

 

ތާރީހް

ދުވަސް

ވަގުތު

މައުލޫމާތު ސާފުކުރުން

26 ނޮވެންބަރ 2017

އާދީއްތަ

ހެނދުނު 11:30

ކޯޓޭޝަން ހުށަހެޅުން

29 ނޮވެންބަރ 2017

ބުދަ

ހެނދުނު 11:00

މާކްސްދެވޭ އުޞޫލް:

  • ހުށަހަޅާ އަގު: 85 މާކުސް
  • ނިންމޭނެ މުއްދަތު: 10 މާކުސް
  • ތަޖުރިބާގެ ލިޔުމަށް: 5 މާކުސް (ގިނަވެގެން 02 ލިޔުން)

           މި ދެ ބައްދަލުވުމަށް ވަޑައިގަންނަވާއިރު، ކުންފުންޏެއްނަމަ ކުންފުނީގެ ފަރާތުން ތަމްސީލުކުރައްވާ ފަރާތުގެ މައުލޫމާތު އެނގޭނެ ލިޔުމެއް ހުށަހަޅަންވާނެއެވެ. 

            މަޢުލޫމާތު ސާފުކުރުމާއި ކޯޓޭޝަން ހުށަހެޅުމުގައި ބައިވެރި ވެވޭނީ ކޮންމެވެސް އެއް ހައިޞިއްޔަތަކުންނެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ގަނެވެން ނެތްވާހަކަ ދަންނަވަމެވެ. މިމަސައްކަތައް ހުށަހަޅުއްވާ އަގަކީ މިއިދާރާއިން ޤަބޫލުކުރާ އެކަށޭނަ އަގަކަށްވާނަމަ އެއްފަރާތުން ހުށަހެޅުއްވިޔަސް އެފަރާތަކަށް މަސައްކަތް ހަވާލުކުރާނެ ވާހަކަ އަންގަމެވެ.

21 ނޮވެންބަރު 2017