ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS6/1/2017/262
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 03 ޑިސެންބަރު 2017 13:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ލ.ފޮނަދޫ ބޮޑުމަގު ހެދުމުގެ މަސައްކަތްކުރި ސައިޓުގައިހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ވޯރކްސް ސަރވިސަސްގެ ސައިޓަށް ލޭންޑިންގ ކްރާފްޓްއެއްގައި ގެނެސްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

ލ.ފޮނަދޫ ބޮޑުމަގު ހެދުމުގެ މަސައްކަތްކުރި ސައިޓުގައިހުރި 40 ފޫޓުގެ 02 ކޮންޓެއިނަރ ކ.ތިލަފުށީގައި ހުންނަ ޕަބްލިކް ވޯރކްސް ސަރވިސަސްގެ ސައިޓަށް ލޭންޑިންގ ކްރާފްޓްއެއްގައި ގެނެސްދޭނެ ފަރާތެއް ހޯދުމަށް މި މިނިސްޓްރީއިން ބޭނުންވެއެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2017 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.     

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 13:30 އިން ފެށިގެން 2017 ޑިސެމްބަރ 03 ވާ އާދީއްތަ ދުވަހުގެ 12:30 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 300-4281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ. 

21 ނޮވެންބަރު 2017