ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)452-OA/23/2017/9
ޕަބްލިޝްކުރި ތާރީޚް: 21 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 07 ޑިސެންބަރު 2017 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތް

 

ތަޢާރަފު:

 

ހެލްތް ޕްރޮޓެކްޝަން އެޖެންސީއަކީ ޢާންމު ސިއްހަތު ރައްކާތެރިކުރުމުގެ ޤާނޫނު(7/2012)  ގެ ދަށުން، ރާއްޖޭގެ ރައްޔިތުންނާއި ދިވެހިރާއްޖޭގައި ދިރިއުޅޭ މީހުންގެ ޢާންމު ޞިއްޙަތު ރައްކާތެރިކުރުމާއި، ޞިއްޙީ ދުޅަހެޔޮކަން ދެމެހެއްޓުމާއި، ސިއްހީ ހޭލުންތެރިކަން އިތުރުކުރުމުގެ ޒިންމާ އަދާ ކުރުމަށް އުފެދިފައިވާ މުއައްސަސާއެކެވެ.

 

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ މަސައްކަތްތައް ހިންގާ ދާއިރާތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި، ދިރިއުޅުމުގެ ވައްޓަފާޅިއާއި ގުޅިފައިވާ ބަލިތަކާއި އެހެނިހެން ސިއްހީ ނުރައްކާތަކުން މުޖުތަމައު ރައްކާތެރިކުރުމާއި، އުފަންވެނި ސިއްހަތާއި ގުޅުންހުރި ކަންތައްތައް ބެލެހެއްޓުމާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާއި ގުޅިގެން ސިއްހަތަށް ކުރާ އަސަރުތައް ކުޑަކުރުން ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމާއި، ކާރިސާ ތަކުގައި ލިބޭ ސިއްހީ ގެއްލުންތައް ކުޑަކުރުމާއި، އާބާދީގެ އެކި އުމުރުފުރާތަކަށާއި، ޚާއްސަކޮށް އާބާދީގެ ނާޒުކު ގިންތި ތަކަށް ދިމާވާ ޚާއްސަ ސިއްހީ  މައްސަލަތައް ހައްލުކުރުމަކީ މި އޭޖެންސީގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ.

 

ލޯގޯގެ މަޤްސަދު:

ހެލްތް ޕްރޮޓެކްޝަން އޭޖެންސީގެ ވަރަށް ގިނަ މަސައްކަތްތަކަކީ ސިއްހީ ދާއިރާގެ އެކި ފަރާތްތަކާއި، އެހެނިހެން ދާއިރާތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި އަދި އާއްމު ފަރުދުންނާއި ގުޅިގެން ކުރިއަށް ގެންދެވޭ ކަންތައްތަކެވެ. އަދި މި އޭޖެންސީގެ މެންޑޭޓްގައި ހިމެނޭ ކަންތައްތަކާއި ގުޅޭ ބައިނަލްއަޤްވާމީ ފޯރަމް ތަކުގައިވެސް މިތަނުން ހަރަކާތްތެރިވަމުންދެއެވެ. އެހެންކަމުން، މި އޭޖެންސީއަކީ ރައްޔިތުންނާއި ރައްޓެހި، އަދި ފަރިތަ ތަނަކަށް ވާންޖެހެއެވެ. މިތަނުން އާއްމުންނަށް ހިންގާ ހުރިހާ ޕްރޮގްރާމްތަކެއްގައި އެޗް.ޕީ.އޭ ގެ ލޯގޯ ، މި އޭޖެންސީގެ 'މޫނުމަތީ'ގެ ގޮތުގައި ފެންނަ އެއްޗެއް ކަމުގައި ވުމަކީ މިއޭޖެންސީގެ 'ބްރޭންޑް ރެކޮގްނިޝަން' އިތުރު ވާނެ ކަމެކެވެ.

 

ބައިވެރިވުމުގެ ފުރުޞަތު:

 

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު އާންމު ހުރިހާ ފަރާތްތަކަށްވަނީ ހުޅުވާލެވިފައެވެ.

 

ވީމާ، މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ތިރީގައި ބަޔާންކޮށްފައިވާ ލޯގޯ ފަރުމާ ކުރުމުގެ މުބާރާތުގެ މިންގަނޑުތަކާއި އެއްގޮތަށް ލިޔެކިޔުންތައް ހުށަހަޅަންވާނެއެވެ.

 

 

ލޯގޯ ހުށައަޅާއިރު ބަލަންޖެހޭ ކަންތައްތައް

 

  • މި މުބާރާތަށް ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ފަބްލިޝްކޮށްފައި ނުވަތަ މުބާރާތެއްގައި ބައިވެރިކޮށްފައިވާ ލޯގޯއެއް ކަމުގައި ނުވުން.
  • ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ޒިންމާތަކާއި މަސައްކަތްތައް ރަމްޒުކޮށްދޭ ލޯގޯއެއް ކަމުގައިވުން.
  • މި މުބާރާތަށް ހުށަހަޅާ ލޯގޯއަކީ އުފެއްދުންތެރި، އަމިއްލަވަންތަ ލޯގޯއެއް ކަމުގައިވުން.
  • ލޯގޯގެ ޑިޒައިންއަކީ މިއެޖެންސީގެ ބިޒްނަސް ކާޑު، ލެޓަރ ހެޑް، ބެނަރ، ޔުނިފޯރމް އަދި ޓީޝާޓްފަދަ ތަކެތީގައި ބޭނުންކުރުމަށް އެކަށޭނަ ފަރުމާއަކަށްވުން.
  • އެހެން ލޯގޯއެއް އަސްލަކަށް  ބަލައިގެން ފަރުމާކުރާނަމަ އެލޯގޯގެ ކޮޕީ އާއި ތަފްސީލު ހުށަހެޅުން.

ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓް:

 

  • ލޯގޯގެ ޕީއެންޖީ، ޕީ.އެސް.ޑީ އަދި ޖޭޕެގް ފައިލް ހުށަހަޅަންވާނެއެވެ.
  • ލޯގޯގެ ގްރޭސްކޭލް އަދި ކުލަކޮށް އޮންނަ ޕީ.ޑީ.އެފް ފައިލްއެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ ޕީ.ޑީ.އެފް (PDF) ފައިލު ފޯމެޓް (10MB)އަށް ވުރެ ކުޑަވާން ޖެހޭނެއެވެ.
  • ލޯގޯގެ ހައި-ރިސޮލިއުޝަން ވެކްޓަރ ފައިލެއް (އެޑޯބު އިލަސްޓްރޭޓަރ،އީ.ޕީ.އެސް ފޯމެޓް) ހުށަހަޅަންވާނެއެވެ.
  • ލޯގޯ ފަރުމާކުރެވިފައިވާންވާނީ ވެބް ވާޝަން، ޕްރިންޓް ކޮލިޓީ ވާޝަން އަދި ސްކޭލަބަލް ވެކްޓަރ ގްރެފިކްސް (އެސް.ވީ.ޖީ) ފޯމެޓަށެވެ.

އެހެނިހެން ސްޕެސިފިކޭޝަންތަކާއި ހުށަހަޅަންޖެހޭ ކަންކަން:

 

  • ލޯގޯގެ ރިޒޮލިއުޝަންގެ މިންގަނޑަކީ 300 dpi  ނުވަތަ އެއަށްވުރެ މައްޗެވެ. ލޯގޯގެ ހައި ރިޒޮލިއުޝަން ހާޑްކޮޕީ ޕްރިންޓް ފައިލްއެއް ހުށަހަޅަންވާނެއެވެ.
  • ލޯގޯ ފަރުމާކުރާއިރު ޤައުމީ ނިޝާން ބޭނުންކުރެވިދާނެއެވެ.
  • ލޯގޯ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓް އަދި ސައިޒުގެ ތަފްޞީލު ހިމަނާފައިހުންނަންވާނެއެވެ.
  • ކަސްޓަމް ޕޮންޓެއް ލޯގޯގެ ޑިޒައިންގައި ބޭނުންކޮށްފައިވާނަމަ، އެ ފޮންޓެއް ލޯގޯގެ ސޮފްޓްކޮފީތަކާއެކު ހުށަހަޅަންވާނެއެވެ.
  • ލޯގޯގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަން ދިވެހި ބަހާއި އިނގިރޭސި ބަހުން ލިޔެވިފައި އޮންނަންވާނެއެވެ.
  • ލޯގޯ ފަރުމާގައި ބޭނުންކުރާ ކުލަތަކުގެ ކޯޑު އަދި ބޭނުންކުރެވިފައިވާ ކުލަތަކުގެ މުރާދު ކުރު ލިޔުމަކުން ބަޔާންކުރަންވާނެއެވެ. ލޯގޯގައި ބޭނުންކުރަންވާނީ މައިގަނޑުގޮތެއްގައި ނޫ އަދި ފެހި ކުލަ (ރޭންޖް ޕެންޓޯން 354-364 އަދި ޕެންޓޯން 279-321 އާ ދެމެދު) އެވެ.
  • ފަރުމާ ކުރެވިފައިވާ ލޯގޯއާ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޚިދުމަތްތަކާ ގުޅުންހުރި ގޮތް ކުރު އިބާރާތްކޮޅަކުން ބަޔާންކޮށްފައި އޮންނަންވާނެއެވެ.
  • ލޯގޯއާއިއެކު ޝިޢާރު ނުވަތަ ސްލޯގަން ހުށަހެޅިދާނެއެވެ. އަދި ޝިޢާރު ހުށަހަޅާނަމަ، މި ލިޔުމުގައު ބަޔާންކޮށްފައިވާ މިއެޖެންސީގެ ސިފަތައް ރަމްޒުކޮށްދޭންވާނެއެވެ.

ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

 

  • ލޯގޯ ހެދިފައިވަނީ މަތީގައި ބަޔާންވެފައިވާ މިންގަނޑުތަކާ އެއްގޮތަށްތޯ ބަލައި ފާސްކުރެވޭނެއެވެ. ލޯގޯގެ ފަރުމާތަކަށް އިންސާފު ކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކުރުމަށްފަހު، މިކަމަށް އެކުލަވާލާފައިވާ ކޮމިޓީއަކުންނެވެ.
  • ހުށަހަޅާ ލޯގޯއަށް މާކްސް ދިނުމުގައި ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ (ކޮމްޕޮޒިޝަން)، މިއެޖެންސީގެ ސިފަތައް ރަމްޒުކޮށްދޭ މިންވަރު، އުފެއްދުންތެރިކަމާއި އަމިއްލަވަންތަކަމަށް ބެލޭނެއެވެ.

 

އެއްވަނައަށް ހޮވޭ ލޯގޯ:

  • އެއްވަނައަށް ހޮވޭ ފަރާތަށް އީމެއިލް ނުވަތަ ފޯނުގެ ޒަރީޢާއިން އެންގޭނެއެވެ.
  • އެއްވަނައަށް ހޮވޭ ލޯގޯ ހުށަހެޅުއްވި ފަރާތަކަށް ލިބޭ އިނާމަކީ -/15,000 (ފަނަރަ ހާސް) ރުފިޔާއެވެ.
  • އެއްވަނައަށް ހޮވޭ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް، މި އޭޖެންސީއާ ހަވާލުކުރަންވާނެއެވެ.


ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް :

  • ހުށަހަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއި ކޮށްފައިވާ އިޤުރާރެއް ހުށަހަޅަންވާނެއެވެ.
  • މަތީގައި ބަޔާންކުރެވިފައިވާ ފޯރމެޓްތަކަށް ލޯގޯގެ ސޮފްޓް ކޮޕީތައް ހިމެނޭ ސީ.ޑީ އާއި ބަޔާންކުރެވިފައިވާ ފޯރމެޓްގެ ހާރޑްކޮޕީ  އަދި އިޤުރާރުތައް ހުށަހަޅާނީ 7 ޑިސެންބަރ 2017 ގެ 1:30 ގެ ކުރިން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (4 ވަނަ ފަންގިފިލާ، ރޯޝަނީ ބިލްޑިންގް، ސޯސަންމަގު، މާލެ) އަށެވެ.
  • މިމުބާރާތަށް ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑު ނަންބަރާއި ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާ އެކު މިއެޖެންސީއަށް ހުށަހަޅަންވާނެއެވެ.

 

 

 

 

     

21 ނޮވެންބަރު 2017