ދިވެހިރާއްޖެ
ނަންބަރު:512/FNK/A/IUL/2017
ވަޒީފާގެ ފުރުޞަތު
.މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ
ސީނިއަރ އޮފިސަރ |
މަޤާމް: |
3 (ތިނެއް) |
ބޭނުންވާ އަދަދު: |
ހެޑް އޮފީސް / ކ.މާލެ |
މަސައްކަތް ކުރަންޖެހޭ ތަން: |
އޮޕަރޭޝަންސް ސާރވިސަސް ޑިޕާރޓްމަންޓް |
ޑިޕާރޓްމަންޓް: |
5480ރ ( ފަސްހާސް ހަތަރުސަތޭކަ އައްޑިހަ ރުފިޔާ ) |
މުސާރައާއި އިނާޔަތްތައް: |
މުސާރައިގެ %30 |
ސަރވިސް އެލަވަންސް: |
މުސާރައިގެ %20 |
ޙާޒިރީ އެލަވަންސް: |
މުސާރައިގެ %50 |
އިތުރުގަޑީގެ އެލަވަންސް: |
(ހ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިހާން ފުރިހަމަ ކޮށްފައިވުން، ނުވަތަ (ށ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ (ނ) ވަކިވަކި، ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެދާއިރާއަކުން ޖީ.އެސް 1 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލްކޮށްފައިވުން، ނުވަތަ (ރ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، އެސް.އެސް 5 ރޭންކުގެ ޝަރުތު ފުރިހަމަވެ، އެ ރޭންކުގައި މަޤާމެއްގައި މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ (ބ) މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ޖީ.އެސް 1 ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއް ފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން. (ޅ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން. |
ފެންވަރު ނުވަތަ ޝަރުތު: |
(ހ) ޑައިނަމޯ ރީޑިންގ ޗެކްކުރަން އެގުން. (ށ) ސްޕެއަރ ޕާރޓްސްގެ ކޮލިޓީ އަދި ލިސްޓް ޗެކްކުރަން އެގުން. (ނ) ޖަނަރޭޓަރތައް އޯވްރހޯލް އަދި ޑީކާބަނައިޒް ކުރުމަށް ބޭނުންވާ ސްޕެއަރ އިންޖީނިއަރގެ އިރުޝާދުގެ ދަށުން ލިސްޓް ތައްޔާރު ކުރަން އެގުން. (ރ) ވެބްސައިޓް މެދުވެރިކޮށް ސްޕެއަރ ޕާރޓްސް އަދި ޖަނަރޭޓަރ ޑޭޓާ ޗެކްކުރަން އެގުން. (ބ) މައިކްރޯ ސޮފްޓް އޮފީސް އަދި އޮޓޯކެޑް ފަރިތަކަމާއިއެކު ބޭނުން ކުރަން އެގުން. (ޅ) ވޯލްޓޭޖް ޑްރޮޕް ކަލްކިއުލޭޓް ކުރަން އެގުން. (ކ) ބްރާންޗްތަކުން މަރާމާތު ކުރެވެން ގެނެވޭ ޑައިނަމޯ ފަދަ އިލެކްޓްރިކަލް ތަކެއްޗާއި ބެހޭ މަޢުލޫމާތު އެގުން. (އ) ޑިސްޓްރިބިއުޝަން ސިސްޓެމްއަށް އަހުލުވެރިވުން އަދި ބޭނުންކުރާ ޕެނަލް އާއި ޑިސްޓްރިބިއުޝަން ފޮށީގައި ހިމެނޭ މުހިއްމު ޕާރޓްސްތައް އެގުން. (ވ) ޑީސަލް އިންޖީން ޖަނަރޭޓަރ މަސައްކަތް ކުރާގޮތާއި އޭގެ ޕާރޓްސްތައް އެގުން. (މ) ކުންފުނީގެ ޖަނަރޭޓަރ ތަކުގެ ރަޖިސްޓްރީ ބެލެހެއްޓުން. (ފ) ޓެކްނިކަލް އެހެނިހެން ޑޭޓާތައް ބެލެހެއްޓުން. |
މަސްޢޫލިއްޔަތު ތައް:
|
ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) ރަސްމީ ދުވަސްތަކުގެ 9:00 – 13:30 އަށް ލިބެންހުންނާނެއެވެ. އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތައުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.
ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 ނޮވެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 13:30 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، އެޓެސްޓް ކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް އަދި 3 މަސް ދުވަސްހަމަވެފައި ނުވާ ޕޮލިސް ރިޕޯރޓް ހުށަހެޅުއްވުން އެދެމެވެ.
ނޯޓް:
- އިންޓަރވިއުކުރުމަށް ކިޔޭނީ ހަމައެކަނި ޝޯޓް ލިސްޓް ކުރެވޭފަރާތްތަކަށެވެ.
- މިމަޤާމްތަކަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކަށާއި، މަސައްކަތުގެ ތަޖުރިބާ އަދި އިންޓަރވިއު އަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،
ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،
ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ
ގުޅޭނެ ނަންބަރު: 3007555
ފެކްސް ނަންބަރު: 3327555
ވެބްސައިޓް: www.fenaka.com.mv
އީމެއިލް: [email protected]
03 ރަބީޢުލްއައްވަލް 1439
21 ނޮވެމްބަރ 2017