ތަމްރީނު
ނަންބަރު: (IUL)426-CB/426/2017/162
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:55
ސުންގަޑި: 14 ޑިސެންބަރު 2017 14:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުޞަތު

ވިލާ ކޮލެޖާއި އައްޑޫސިޓީ ކައުންސިލާ ދެމެދު ސޮއިކުރެވުނު ފަހުމުނާމާގެ ދަށުން ތަޢާރަފުކުރެވިފައިވާ 'ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕް' އަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ.

ކޮމިއުނިޓީ އެންގޭޖްމަންޓް ސްކޮލަރޝިޕަކީ ވިލާ ކޮލެޖުގެ ހިތަދޫ ކެމްޕަހުގައި ކިޔަވަމުންދާ ދަރިވަރުންގެ ޢަދަދަށް ނިސްބަތްކޮށް، އައްޑޫސިޓީގެ ދެ ފަރާތަކަށް ހުޅުވާލެވުނު ހިލޭ ކިޔެވުމުގެ ދެ ފުރުޞަތެވެ. ވީމާ، މިސްކޮލަރޝިޕަށް ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެންބަރު 14 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ސްކޮލަރޝިޕަށް އެދޭ ފޯމު އައްޑޫސިޓީ ކައުންސިލް އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ސްކޮލަރޝިޕަށް އެދޭ ފޯމު އަދި ސްކޮލަރޝިޕާ ގުޅޭ މަޢުލޫމާތު ޝީޓް ކައުންސިލް އިދާރާގެ ކައުންޓަރުން އަދި ކައުންސިލްގެ ވެބްސައިޓުން ލިބެން ހުންނާނެ ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6888820 ފޯނަށް ގުޅުއްވުން އެދެމެވެ.

02 ރަބީޢުލްއައްވަލް 1439

20 ނޮވެންބަރު 2017