މަސައްކަތް
ނަންބަރު: (IUL)233-CA/233/2017/22
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 08:07
ސުންގަޑި: 07 ޑިސެންބަރު 2017 13:00
އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަތޮޅު ކައުންސިލް އިދާރާ އާއި އަތޮޅުގޭ ސެކިއުރިޓީ ބެލެހެއްޓުން

މި އިދާރާ އާއި އަތޮޅުގޭގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް އައުޓްސޯސްކޮށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ އެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤްވެރިވާ ފަރާތްތަކުން، 2017 ނޮވެމްބަރ 28 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 2017 ޑިސެމްބަރ 07 ވަނަ ދުވަހުގެ 13:00 އަށް މި އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ލިބިވަޑައެއް ނުގަންނަވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ ފޮނުއްވަންވާނީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ރަސްމީ ލިޔުމަކާ އެކުގައެވެ.

ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާގޮތް:

 

އެންމެ ކުޑަ އަގު ހުށަހަޅާ ފަރާތަށް

55 ޕޮއިންޓް

ސެކިއުރިޓީގެ ޚިދުމަތް ދިނުމަށް ރަޖިސްޓްރީ ކޮށްގެން ހިންގާ، ލޯކަލް އިންވެސްޓްމެންޓް ކުންފުނި ތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކަށް

20 ޕޮއިންޓް

ސެކިއުރިޓީ ބެލެހެއްޓުމުގެ ޚިދުމަތްދީ ލިބިފައިވާ ތަޖުރިބާ އަށް

15 ޕޮއިންޓް

އަލިފާނުގެ ޙާދިސާތަކުން ރައްކާތެރިވާނެ ގޮތް ދަސްކޮށްފައިވާ ފަރާތްތަކުން ޑިއުޓީ ކުރާ ގޮތަށް ހުށަހަޅާ އަންދާސީ ހިސާބުތަކަށް

05 ޕޮއިންޓް

ސެކިއުރިޓީ ބެލެހެއްޓުމުގެ ތެރޭގައި އިތުރަށް ކޮށްދިނުމަށް ހުށަހަޅާ ކަންތައްތަކަށް

05 ޕޮއިންޓް

ވީމާ، މިކަން ޢާންމުކޮށް އިޢުލާން ކުރަމެވެ.

20 ނޮވެންބަރު 2017