ނީލަން
ނަންބަރު: FSM-ADV-2017/048
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 23 ނޮވެންބަރު 2017 09:30
ފިއުލް ސަޕްލައިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
ދިވެހިރާއްޖެ
އެފް އެސް އެމް ފުވައްމުލަކު ސައިޓުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް

އިޢުލާން

           

މިކުންފުނީގެ އެފް އެސް އެމް ފުވައްމުލަކު ސައިޓުގައި ހުރި ބައުތަކެތި ނީލަމުގެ އުސޫލުން ވިއްކާލުމަށް ބޭނުންވެއެވެ.

މުދަލުގެ ބާވަތް:   ހަލާކުވެފައި ހުރި އިލެކްޓްރޯނިކް ސާމާނު އަދި ބައެއް ދަގަނޑު ސާމާނު

        1 ފެކްސް މެޝިން

        2 ހަރުގަނޑު

        1 ސީލިންގ ފަންކާ

        1 ސީޕީޔޫ

        1 ފެން ޕަމްޕު

        1 އޭސީ ޔުނިޓް

        1 ޕްރިންޓަރ

        1 "3 އެންގަލް

        8 ޑައުންލައިޓް

        1 "4 ލެވެލް ރޫލަރ

ތަން:      އެފް އެސް އެމް އީޒީފިލް، ފުވައްމުލައް

ނީލަން ފެށޭ އަގު: -/300ރ

 

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 20 ނޮވެމްބަރ 2017 ވަނަ ދުވަހުން ފެށިގެން 22 ނޮވެމްބަރ 2017 އާއި ދެމެދުގެ ދުވަހަކު ރަސްމީ ގަޑި ނިމެންދެން މިކުންފުނީގެ ފުވައްމުލަކު ސައިޓަށް އަށް ހާޞިރުވެ މިތަކެތި ބެއްލެވުމުގެ ފުރުސަތު ހުޅުވާލައިފާ ވާނެއެވެ.

މިތަކެތި ބެއްލެވުމަށްފަހު އަގު ހުށަހަޅުއްވާނީ 23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 9:30 އަށް މިކުންފުނީގެ ފުވައްމުލަކު ސައިޓަށް ހާޞިރުވެއެވެ.

އަގު ހުށައެޅުއްވުމަށް ހާޞިރުވެ ވަޑައިގަންނަވާ ފަރާތްތަކުން އެފަރާތެއްގެ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ (އަމިއްލަ ފަރާތެއް ނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު) އަދި އެފަރާތަކުން ހުށައަޅުއްވާ އަގު، ލިޔުމުން ހުށައަޅުއްވަން ވާނެއެވެ.     

މިނީލަމުގައި އެންމެ މަތިން އަގު ހުށައަޅުއްވާ ފަރާތަކަށް މިތަކެތީގެ އަގު ދެއްކުމަށްފަހު ގެންދިޔުމަށް 2 ދުވަހުގެ މުއްދަތެއް ދެވޭނެ ވާހަކަ ދަންނަވާލީމެވެ.

       އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 7911650 ނުވަތަ 7667060 ނަންބަރު ފޯނަށް ގުޅުވުން އެދެމެވެ.

20 ނޮވެންބަރު 2017