ވަޒީފާގެ ފުރުޞަތު
ނަންބަރު: 60-ADM/2017/257
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:24
ސުންގަޑި: 28 ނޮވެންބަރު 2017 12:30
ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ޑްރައިވަރަކު ބޭނުން ވެއްޖެ

މަޤާމް :ޑްރައިވަރ
ބޭނުންވާ އަދަދު :1

އިޢުލާން

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ނަންބަރ 60-އޭޑީއެމް/236/2017 ގެ އިއުލާނަށް އެކަށީގެންވާ ވަރަށް ކެނޑިޑޭޓުން ލިބިފައިނުވާތީ ތިރީގައިމިވާ މަޤާމަށް އެޕްލިކޭޝަން ފޯރމް ހުށަހެޅުމުގެ ފުރުޞަތު އަލުންހުޅުވާލަމެވެ.

މަޤާމް: ޑްރައިވަރ

ބޭނުންވާ އަދަދު: 1 (އެކެއް)

އަސާސީ މުސާރަ: -/3830 ރުފިޔާ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ހޯމް އިމްރޫވްމަންޓް ވެއަރހައުސް

އެހެނިހެން އިނާޔަތްތައް

  • އިތުރު އެލަވަންސްގެ ގޮތުގައި މަހަކު -/1500 ރުފިޔާ އާއި، -/2000 ރުފިޔާ އާ ދެމެދުގެ އަދަދެއް ލިބޭނެއެވެ.
  • ހަމަޖެހިފައިވާ އުސޫލުން މަސައްކަތަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ ލިބޭނެއެވެ.
  • އިތުރުގަޑީގައްޔާއި، ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާއި ބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
  • ޕްރޮބޭޝަން ފުރިހަމަކުރުމުން ސްޓާފް ހެލްތު އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެއެވެ.

މަޤާމްގެ މަސްއޫލިއްޔަތު

  • މުދާ ތަންތަނަށް ޑެލިވަރ ކުރުން
  • ދުއްވާ ވެހިކަލް ސާފުކޮށް ބެލެހެއްޓުން
  • ހަވާލުކުރެވޭ އެހެނިހެން އޮފީސް މަސައްކަތްތައް ކުރުން

ފެންވަރު ނުވަތަ ޝަރުތު

  • "ބީ 1"، "ބީ 2" އަދި "ސީ 1" ކެޓަގަރީ ޑްރައިވިންގް ލައިސަންސް އޮތުން
  • ގްރޭޑް 7 ގެ ފެންވަރު ހުރުން

އެހެނިހެން ހުނަރު

  • މަޤާމާއި ގުޅުންހުރި ދާއިރާއަކުން މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ

ސުންގަޑި

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2017 ނޮވެމްބަރ 28 ވާ އަންގާރަ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯއަށް ވަޒީފާއަށް އެދި ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމް މިކުންފުނީގެ ހެޑް އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި އެސްޓީއޯ ވެބްސައިޓުން (http://sto.mv/Downloads.aspx) ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

ނޯޓް

  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއި އެއްގޮތްކަން އަންގައިދޭ ތައްގަނޑު ޖަހާފައިނުވާ ސެޓްފިކެޓް ހުށަހަޅާފައިވާނަމަ، އިންޓަވިއުއަށް ހާޒިރުވާންވާނީ ސެޓްފިކެޓްތަކުގެ އަސްލާއިއެކުގައެވެ)
  • މިމަޤާމަށް މުވައްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުތަޖުރިބާ އަދި އިންޓަވިއުއަށްބަލައި އެންމެމަތިން މާކްސްލިބޭ ފަރާތްތަަކެވެ.
  • އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
  • ވަޒީފާ ހަމަޖެއްސުމުގައި ޕޮލިސް ރިޕޯރޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.
  • ގުޅޭނެ ނަންބަރު: 3344264 / އީމެއިލް އެޑްރެސް:[email protected]

 

 

 

20 ނޮވެމްބަރ 2017

 

20 ނޮވެންބަރު 2017