ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2017/230
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 13:23
ސުންގަޑި: 07 ޑިސެންބަރު 2017 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ އޮފިސަރ

ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ އޮފިސަރ

 

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ކުރިއަށް ގެންދާ "ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫއަށް ސްޓޭންޑަރޑްސް އެންޑް ލޭބަލިންގ އޮފިސަރ އެއް އައްޔަނު ކުރުމަށް ބޭނުންވެއެވެ.

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މިމަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ.

މިމަޝްރޫޢުގެ ދަށުން މޯލްޑިވްސް އެނަރޖީ އޮތޯރިޓީއާއި ގުޅިގެން ރާއްޖޭގެ ބާޒާރުގައި ހުންނަ ކަރަންޓު ސާމާނުގެ ތެރެއިން އެނަރޖީ އެފިޝަންޓު ތަކެތި ފާހަގަ ކުރެވޭނެ ނިޒާމެއް ތައްޔާރުކުރުމަށް ވަނީ ކަނޑައަޅާފައެވެ.

 

ވަޒީފާގެ މަސްއޫލިއްޔަތު:

  • މޯލްޑިވްސް އެނަރޖީ އޮތޯރިޓީން (އެމް.އީ.އޭ.) ކުރިޔަށް ގެންދާ އެނަރޖީ ލޭބަލިންގ އެންޑް ސްޓޭނޑަރޑްސް ޕްރޮގްރާމް ރޭވުމާއި، ހިންގުމާއި، މިކަމަށް ބޭނުންވާ މިންގަނޑުތަކާއި، މެތޮޑޮލޮޖީތައްތައްޔާރުކުރުމާއި އަދި ބޭނުންވާ ކޮލިޓީ މެނޭޖްމަންޓް ނިޒާމް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން

 

 

 

 

ކުރަންޖެހޭ  މަސައްކަތްތައް

  • ލޭބަލް ކުރުމާއިގުޅޭގޮތުން ތައްޔާރުކުރެވޭ މިންގަނޑުތަކާއި އުސޫލުތަކުގެ ދެލިކޮޕީ ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، މިމަސައްކަތުގައި ކަމާއިގުޅުންހުރި ސަރުކާރުގެ ދާއިރާތަކާއި އަދި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން
  • އެމް.އީ.އޭ. އިން ކަނޑައަޅާ ކަރަންޓް އާލާތްތަކަށް (އެޕްލަޔަންސް) ބޭނުންވާ ލޭބަލިންގ ސްޓޭންޑަރޑްތަކާއި، ޑިޒައިންތަކާއި އަދި މޮނިޓަރިންގ ޕްލޭންތައް ހެދުމުގައި އެހީތެރިވެދިނުން؛
  • ލޭބަލް ކުރުމާއި މިކަމާއި ގުޅުންހުރި މަސައްކަތްތައް ކުރުމުގައި ކުރަންޖެހޭ ދަތުރުތަކާއި އަދި ބައިވެރިވާންޖެހޭ ބައްދަލުވުންތަކުގައި ޢަމަލީގޮތުން ބައިވެރިވުން؛
  • ލޭބަލިންގ ނިޒާމްގެ މަސައްކަތާއި ގުޅޭގޮތުން ތައްޔާރުކުރެވޭ ލިޔެކިޔުންތަކާއި، ދިރާސާރިޕޯޓްތަކާއި އަދި މަސައްކަތްކުރިޔަށްދާ ގޮތުގެ ރިޕޯޓް ތައްޔާރުކުރުން؛
  • ރާއްޖޭގައި ތަންފީޒުކުރެވޭ ލޭބަލިން ނިޒާމް ތަންފީޒުކުރުމުގައި، އެމް.އީ.އޭ. އިން ކުރާ މަސައްކަތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ މިކަމާގުޅޭގޮތުން އެއްކުރެވޭ ތަފާސް ހިސާބުތަކާއި މަޢުލޫމާތު އެއްކުރުމާއި، ތައްޔާރުކުރަންޖެހޭ އިންވެންޓަރީ އަދި ދަފްތަރުތައް ތައްޔާރުކުރުމުގައި ޢަމަލީގޮތުން ބައިވެރިވެ މަސައްކަތް ކުރުން؛
  • މަސައްކަތާއި ގުޅޭގޮތުން ބޭއްވޭ ބައްދަލުވުންތަކަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބައްދަލުވުންތައް ރޭވުމާއި، ބައިވެރިވުމާއި އަދި ބައްދަލުވުންތަކުގެ ނިންމުންތަކާއި ޔައުމިއްޔާ ތައްޔާރުކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  • މަސައްކަތާއި ގުޅޭގޮތުން އޮފީހުގައި ކުރެވޭ ޢާންމު މަސައްކަތްތަކުގައި ހަމަޖެހިފައިވާ އުސޫލުތަކުގެ ދަށުން ބައިވެރިވުން

 

 

ވަޒީފާއަށް މީހަކު ހޮވުމުގައި ބަލާނެ ކަންތައްތައް

  • ފުރަތަމަ ޑިގްރީ ޙާސިލުކޮށްފައިވުން
  • ޑިގްރީ ޙާސިލްކުރުމަށްފަހު މަސައްކަތުގެ ދާއިރާގައި މަދުވެގެން 1 (އެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތެއްކަމުގައިވުން، މަސައްކަތުގެ ތަޖްރިބާގެ މުއްދަތު އިތުރުވާ ފަރާތްތަކަށް އިސްކަންދެވޭނެ.
  • ދިވެހި އަދި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތް ކުރަން އެނގުން.
  • ޕްރޮޖެކްޓް އަދި ޕްރޮގްރާމް މެނޭޖްމަންޓުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވުން
  • ހަކަތައާއި އަދި ތިމާވެއްޓާއި ގުޅޭ ދާއިރާތަކުން ރާއްޖޭގައި ޢަމަލު ކުރާ ސިޔާސަތުތަކަށް އަހުލުވެރިވެފައިވުން
  • ގިނަ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުގެ ޤާބިލުކަން ލިބިފައިވުން
  • މައިކްރޯސޮފްޓް އޮފީސް ޕެކޭޖް ފަރިތަކަމާއެކު ބޭނުންކުރަން އެނގުން
  • އަމިއްލައަށް  އިސްނަގައިގެން  މަސައްކަތް  ކުރުމުގެ  ޤާބިލްކަން  ލިބިފައިވުމާއިއެކު  ދިމާވާ  މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ  ހުނަރުލިބިފައިވުމާއި، މައްސަލަތައް  ޙައްލުކުރުމުގެ ޤާބިލްކަން  ލިބިފައިވުން  އަދި  ތަފާތު  ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ހީވާގި މީހަކަށް ވުމާއި އެކު ރަށްރަށަށް ދަތުރުކުރެވޭނެ މީހަކަށް ވުން

 

 

މަސައްކަތް ކުރަންޖޭތަން

  • ވަޒީފާއަށް ހޮވޭ ފަރާތުން މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ، ފުލްޓައިމް ކޮންޓްރެކްޓް މުވައްޒަފެއްގެ ގޮތުގައި މޯލްޑިވްސް އެނަރޖީ އޮތޯރިޓީ- މާލޭގައެވެ.

މަސައްކަތް ކުރަންޖެހޭ ގަޑި

  • ސަރުކާރުގެ ރަސްމީގަޑި

 

އުޖޫރަ

  • މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 14,000  (ސާދަ ހާސް) ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ. (އިތުރު ގަޑިގެ ފައިސާ މުސާރައިގެ ހިމެނިފައި)

މަސައްކަތުގެ މުއްދަތު

  • ވަޒީފާގެ މުއްދަތަކީ 1 (އެއް) އަހަރު ދުވަހެވެ. ނަމަވެސް މަސައްކަތުގެ "ޕާރފޯމަންސް" އަށް ބަލާ ވަޒީފާގެ މުއްދަތު އިތުރު ކުރުމުގެ އިޚްތިޔާރު މިނިސްޓްރީއަށް ލިބިގެންވެއެވެ.

 

ހުށަހަޅަންޖެހޭ ތަކެތި

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ

 

ސުންގަޑި

  • ޝައުޤުވެރިވާ ފަރާތްތަކުން 2017 ޑިސެމްބަރ 7 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

 

 

އިތުރު މައުލޫމާތު:

 

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް   3018330 އަށް ގުޅުއްވުން އެދެމެވެ.

 

 

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

ހިއުމަން ރިސޯސަސް ޝެކްޝަން

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް  އެންޑް އެނަރޖީ

ގްރީން ބިލްޑިންގ، މާފަންނު،ހަނދުވަރީ ހިނގުން،

މާލެ، ދިވެހިރާއްޖެ

 

20 ނޮވެމްބަރ 2017

20 ނޮވެންބަރު 2017