ނީލަން
ނަންބަރު: (IUL)179-3.2/1/2017/15
ޕަބްލިޝްކުރި ތާރީޚް: 20 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 25 ނޮވެންބަރު 2017 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި މުދާތަކެއް ނީލަންކިޔުން

މި އޮތޯރިޓީގައި ބޭނުންކޮށްފައިހުރި ބައެއް ތަކެތި (ފަރުނީޗަރު ފަދަ ތަކެތި) 25 ނޮވެމްބަރ 2017 ވާ ހޮނިހިރުދުވަހު ނީލަމުގައި ވިއްކާލުމަށް ވަނީ ހަމަޖެހިފައެވެ.

ނީލަން އޮންނަ ތަން:                     ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ

                                   ހ. އޯކިޑް 3 ވަނަ ފަންގިފިލާ

                                   އަމީރު އަޙްމަދު މަގު / މާލެ

މުދާ ބެލޭނެ އިންތިޒާމާއި ނަން ނޯޓުކުރުން       ނީލަމުގައި ވިއްކާ މުދާ ބެލޭނެ އިންތިޒާމް 25 ނޮވެމްބަރ 2017  ވާ ހޮނިހިރު ދުވަހުގެ ހެނދުނު 11:00 ގައި އޮންނާނެއެވެ. އަދި 11:15 ގެ ކުރިން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގައި، ނީލަމުގައި ބައިވެރިވުމަށް އެދި ނަން ނޯޓުކުރަންވާނެއެވެ.

ނީލަން ގަޑި:                          ހެނދުނު 11:30 (25 ނޮވެމްބަރ 2017 ވާ ހޮނިހިރު ދުވަހު) 

ފައިސާ ދެއްކުން:                      ނީލަން ކާމިޔާބުކުރާ ފަރާތްތަކުން އެމުދަލެއްގެ ނީލަން ނިމޭ އަގު، ނީލަން ނިމުމުން އެގަޑީގައި ދައްކަންވާނެއެވެ.

މުދާ ގެންދިއުން:                       ނީލަމުން ނަގާ މުދާ، ޖެހިގެން އަންނަ މަސައްކަތު ދުވަހުގެ 15:00 ގެ ކުރިން އޮތޯރިޓީން ގެންދަންވާނެއެވެ. މިގޮތަށް ނުގެންގޮސް ހުންނަ މުދާ އިތުރު އެންގުމަކާނުލާ ނައްތާލެވޭނެއެވެ. 

އިތުރުމަޢުލޫމާތު:                      ނީލަން ލިސްޓްގައި ނަން ނޯޓުނުކުރާ ފަރާތްތަކަށް، ނީލަމުގައި ބައިވެރިވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ދަންނަވަމެވެ. 

މި ނީލަމާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، އޮތޯރިޓީގެ ނަންބަރު 3014105/3336619 ފޯނަށް ގުޅުއްވުން އެދެމެވެ.  

20 ނޮވެމްބަރ   2017

20 ނޮވެންބަރު 2017