ދިވެހިރާއްޖެ
ލ.ކައްދޫގައި ޤާއިމްކުރުމަށް ބޭނުންވާ ތެޔޮ ރައްކާކުރާ ނިޒާމްގައި ހިމެނޭ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް (ކޭ.އޭ.ސީ.އެލް) އިން ލ.ކައްދޫ އެއަރޕޯޓްގައި ޤާއިމްކުރުމަށް ބޭނުންވާ ތެޔޮ ރައްކާކުރާ ނިޒާމްގައި ހިމެނޭ ބައެއް މަސައްކަތްތަކާއި ބައިތައް މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ފުރިހަމަކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.
ވީމާ، މިކަމަށް ޝަޢުޤްވެރިވެލައްވާ ފަރާތްތަކުން 2017 ނޮވެމްބަރ 27 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމަތު ސާފުކުރެއްވުމަށްފަހު، 2017 ޑިސެމްބަރ 07 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއޮފީހަށް ހާޟިރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަތީގައި ދެންނެވިފައިވާ ގަޑިއަށް މަޢުލޫމަތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި ކުންފުނީގެ 3011734 ނަމްބަރާއި ގުޅުއްވުން އެދެމެވެ.
02 ރަބީޢުލްއައްވަލް 1439
20 ނޮވެމްބަރ 2017
ނޯޓް: މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ކޭ.އޭ.ސީ.އެލްއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ކޭ.އޭ.ސީ.އެލްއަށް ލިބިގެންވެއެވެ.
ކައްދޫ އެއަރޕޯޓް ކޮމްޕެނީ ލިމިޓެޑް
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
އަމީރު އަހުމަދު މަގު
މާލެ / ދިވެހިރާއްޖެ
ފޯން: 3011734
އީމެއިލް: [email protected] ނުވަތަ [email protected]