ކުއްޔަށް ހިފުން
ނަންބަރު: (IUL)GS45/2017/027
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 15:30
ސުންގަޑި: 28 ނޮވެންބަރު 2017 10:30
އައްޑުއަތޮޅު ފޭދޫ ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

 އިޢުލާން

 ގެއެއް ކުއްޔަށް ހިފުމާއި ގުޅޭ

މި ސްކޫލަށް 1 އަހަރު ދުވަހުގެ މުއްދަތަށް ގެއެއް ކުއްޔަށް ހިފަންބޭނުން ވެއްޖެއެވެ. މިޢިއުލާނުގެ ދަށުން  ކުއްޔަށް ދޫކުރާ ގެއަކީ ތިރީގައި މިދަންނަވާ ކަންތައްތައް ފުރިހަމަ ވެފައިވެފައިވާ ގެއެއް ކަމުގައި ވާންވާނެއެވެ.

  • 2 ކޮޓަރި (އެޓޭޗްޑް ފާޚާނާ)އާއި، ސިޓިންރޫމަކާ، ކައްކާ ކައިބޮއި ހަދާނެ ތަނެއްހުރުން.
  • ގޭގައި އެކުލެވިގެންވާ ހުރިހާތަނަކާއި، ފާޚާނާ ތަކުގައި ތަށިމުށިޖަހާ ސީލިން ކޮށްފައިހުރުން.
  • ކައްކާ ކައިބޮއި ހަދާތަން ފެންވައިރުކޮށް ސިންކުހަރުކޮށް ބަދިގޭގައި ބޭނުންކުރާ ހިފާގެންގުޅޭ ތަކެއްޗާއި، ކައިބޮއިހަދާ ތަނުގައި އެކަމަށް ބޭނުންކުރާ ގޮޑި، މޭޒުހުރުން.
  • ޞިއްޙީގޮތުން ރަގަނޅު ސާފުބޯފެން (ވާރޭފެން) ލިބޭނެގޮތް ހުރުން.
  • މީގެ އިތުރަށް ގޭގައި ހުންނަންޖެހޭ ތަކެތީގެ ލިސްޓުގައި ހިމެނޭ ހުރިހާތަކެތި ހަމަޔަށް ހުރުން. (މިލިސްޓު މަޢުލޫމާތު ސާފުކުރަން ދުރުވުމުން ލިބިލައްވާނެއެވެ.)       

ވީމާ، ބަޔާންކުރެވުނު ކަންތައްތައް ފުރިހަމަވެފައިވާ ގެއެއް ކުއްޔަށް ދޫކުރުމަށް ބޭނުންފުޅުވާ ފަރާތްތަކުން 22 ނޮވެމްބަރ 2017 ވަނަ ދުވަހު 10:30 އަށް މިސްކޫލަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 28 ނޮވެމްބަރ 2017 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އެސްޓިމޭޓް ހުށަހެޅުމުގެ ފުރުސަތު ދެވެން ނެތް ވާހަކަވެސް ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ނަންބަރު 6892546 އަށް ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޞަފަރު 1439

16 ނޮވެމްބަރ 2017

16 ނޮވެންބަރު 2017