ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2016/81
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 14:39
މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް ރަންނަމާރި ހަންޓް 01-2017
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކޮންމެ އަހަރަކު ހިންގަމުން އަންނަ އެކްސަސައިޒް ރަންނަމާރި ހަންޓް 01-2017، 2017 ނޮވެމްބަރ 20 އިން 24 އަށް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މާލެ އޭރިއާ ގައި މި އެކްސަސައިޒް ކުރިއަށް ގެނެދިޔުމަށް ހަމަޖެހިފައިވަނީ ގްރޭޓަރ މާލެ (މާލެ، ވިލިމާލެ، ހުޅުލެ، ހުޅުމާލެ އަދި ކ. ތިލަފުށި) ސަރަހައްދުގައެވެ. އަދި މިއެކްސަސައިޒް ގައި ހަރަކާތްތެރިވާއިރު މަތީގައި ދެންނެވިފައިވާ ދުވަސްތަކުގައި އެއްގަމާއި ކަނޑުގައި ސިފައިން ހަތިޔާރާއި ގޮވާތަކެތި އަދި މާލެ އާއި ހުޅުމާލޭގައި އާރމަޑް ވެހިކަލް ބޭނުންކުރާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
27 ޞަފަރު 1439
16 ނޮވެމްބަރ 2017
16 ނޮވެންބަރު 2017