ކުއްޔަށް ހިފުން
ނަންބަރު: GS147-C/2017/11
ޕަބްލިޝްކުރި ތާރީޚް: 16 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 03 ޑިސެންބަރު 2017 10:00
ގާފަރު ސްކޫލް
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

 

 

ގާފަރު ސްކޫލް                                                    

 ކ.ގާފަރު                                                      ނަމްބަރު: GS147-C/2017/11

                                                       

ގެއެއް ކުއްޔަށް ހިފަން

އިޢުލާން

 

ގެއެއް ކުއްޔަށް ހިފަން ބޭނުން ވެއްޖެ:

           2018 ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ކުރެވުނު އިޢުލާން ނަންބަރު GS147-C/2017/09 އާ ގުޅިގެން އެކަމަށް އެދި އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ، އެ އިއުލާން ބާތިލުކޮށް އަލުން  2018ވަނަ އަހަރު މިސްކޫލްގެ އިސްވެރިޔާ ހުންނެވުމަށްޓަކައި، 2 ކޮޓަރިއާއި ސިޓިންގރޫމް އަދި ބަދިގެއާއި ކާގެ ހިމެނޭ ޢިމާރާތެއް ކުއްޔަށްހިފަން އިޢުލާން ކުރަމެވެ.

           ވީމާ، ގެއެއް ކުއްޔަށް ދިނުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ގާފަރު ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ.

 

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

23 ނޮވެމްބަރ 2017 ވާ ބުރާސްފަތި ދުވަހުގެ 10:00

03 ޑިސެމްބަރ 2017 ވާ އާދިއްތަ ދުވަހުގެ 10:00

 

            އަންދާސީހިސާބު ހުށަހަޅުއްވާއިރު ގޭގެ ކުރެހުމާއި ގޭގައި ހުންނާނެ ތަކެތީގެ އިންވެންޓްރީ ވެސް ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

 

 

                                27 ޞަފަރު 1439

16 ނޮވެންބަރު 2017