ދިވެހިރާއްޖެ
ގޭގޭ ފުރާޅާއި ޢިމާރާތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލު |
|||||
.01 |
ތަޢާރަފު |
||||
|
(ހ) |
މިއީ، ނަމްބަރު: 2014/R-111 " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 7 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ، "ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލު" އެވެ. |
|||
(ށ) |
ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމުގައި ޢަމަލުކުރަންވާނީ މި އުޞޫލުގައިވާ ގޮތުގެ މަތިންނެވެ. |
||||
(ނ) |
މި އުޞޫލަށް ޢާންމުކޮށް ކިޔާނީ " ގޭގޭ ފުރާޅާއި ޢިމާރާތްތަކުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ އުޞޫލު" މިހެންނެވެ. |
||||
|
|||||
02. |
ޢަމަލުކުރަން ފަށާ ތާރީޚު |
||||
|
މި އުޞޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ. |
||||
03. |
މަގަށް ފެން ވެހޭގޮތަށް ހުރުން |
||||
|
|
(ހ) |
އެއްވެސް ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ހިޔާކުރަންވާނީ އެ ފުރާޅަކުން ފައިބާ ފެން މަގުމައްޗަށް ނުދާނެ ގޮތެއްގެ މަތިންނެވެ. |
||
|
|
(ށ) |
މިމާއްދާގެ (ހ)ގައިވާ ފަދައިން ޢިމާރާތެއް މަގަށް ފެންފަހިވާގޮތަށް (މަގަށް ފެންވެހޭގޮތަށް) ހިޔާކުރާނަމަ ޢިމާރާތުގެ އެ ފުރާޅުގައި ދިޔަދޮވި ހަރުކޮށް ހޮޅިގުޅައި ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނުދާގޮތް ހަދަންވާނެއެވެ. އަދި ދިޔަ ދޮވީގެ ހޮޅިން ފައިބާ ފެންވެސް މަގުމައްޗަށް ގޮސްގެން ނުވާނެއެވެ. |
||
|
|
(ށ) |
ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް، ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި، އެއާރކޯން ފަދަ ތަކެތިން އުފެދޭ ފެން މަގުމައްޗަށް ފައިބާ ގޮތަށް ނުވަތަ މަގުމައްޗަށް އޮހޭ ގޮތަށް ހުރެގެން ނުވާނެއެވެ. |
||
|
|||||
04. |
ގޯތީގައި ހުންނަ ޢިމާރާތުން ވެހޭފެން ހިންދުން |
||||
|
|
(ހ) |
ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ހިންދަންވާނީ ގޯތި ތެރެއަށެވެ. މިދެންނެވިގޮތަށް ގޯތި ތެރެއަށް ފެން ހިންދުމުގައި ގޯތީގައި ބަހައްޓާފައި ހުންނަ ނަރުދަމާ ނިޒާމުގެ ޖަންކްޝަން ބޭނުން ކޮށްގެން ނުވާނެއެވެ. |
||
|
|
(ށ) |
ގޯތީގައި ހަދާފައިވާ ޢިމާރާތް ނުވަތަ ޢިމާރާތްތަކުގެ ފުރާޅުގެ ފެން ގޯތީ ތެރެއަށް ހިންދަން ދަތިވާ ފަރާތްތަކުން ރަށުކައުންސިލަށް ހުށަހެޅުމުން، އެގެއަކާއި ގުޅިފައިވާ މަގު، ނުވަތަ ގޯޅީގައި ފެންހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. އަދި މަގުގައި ނުވަތަ ގޯޅީގައި ފެންހިންދުމަށް އެފަދަ އެއްޗެއް ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއަކާއި އެއްގޮތަށް ކައުންސިލުން ޤަބޫލުކުރާ ފެންވަރުގައެވެ. |
||
|
|
(ނ) |
މި މާއްދާގެ (ށ)ގައިބުނާ ފަރާތަށް ފެން ހިންދޭނެ މަގުފަހިކޮށް ދިނުމުގެ ގޮތުން އެ ގޯއްޗާ ގުޅިފައިވާ މަގު ގޯޅީގައި ފެން ހިންދާގޮތަށް ވަޅެއް ނުވަތަ ޖަންކްޝަނެއް ބެހެއްޓުމުގެ ހުއްދަ ދެވިދާނެއެވެ. ބުނެވިދިޔަގޮތަށް މަގު ގޯޅީގައި ފެން ހިންދުމަށް ބަހައްޓާ ވަޅު ނުވަތަ ޖަންކްޝަން ހަދަންވާނީ ކައުންސިލުން ދޭ ނަމޫނާއާ އެއްގޮތަށް ކައުންސިލުން ގަބޫލުކުރާ ފެންވަރުގައެވެ. |
||
|
|
(ރ) |
ޢިމާރާތުގައި ހަދައިފައި ހުންނަ ޓެރަސް ، ބެލްކަނީފަދަ ތަންތަނަށް ޖަމާވާ ފެނާއި އެއާރކޯންފަދަ ތަކެތިން އުފެދޭ ފެން ހިންދަންވާނީވެސް ގޯތި ތެރެއަށެވެ. |
||
|
|||||
05. |
އެހެނިހެންކަންކަން |
||||
|
|
(ހ) |
މި އުޞޫލަށް ޢަމަލުކުރަން ފެށުމުގެ ކުރިން، މި އުޞޫލާއި ޚިލާފަށް ހުރި ތަންތަން މި އުޞޫލަށް ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން ލަސްވެގެން 06 (ހައެއް) މަސް ދުވަހުގެ ތެރޭގައި ރަނގަޅުކުރަން ވާނެއެވެ. |
||
|
|
(ށ) |
މިއުޞޫލާ ޚިލާފުވާ ފަރާތްތަކާމެދު " ގޭގޭ ފުރާޅުން މަގުމައްޗަށް އަންނަ ފެން ހިންދުމާބެހޭ ޤަވާޢިދު" ގެ 6 (ހައެއް) ވަނަ މައްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ފިޔަވަޅު އަޅަންވާނެއެވެ. |
||
|
|
(ނ) |
މި އުޞޫލަށް ޢަމަލުކުރަން ފަށާ ދުވަހުން ފެށިގެން މި އުޞޫލުގެ ސަބަބުން ނުވަތަ މި އުޞޫލާ ގުޅިގެން ނުވަތަ މި އުޞޫލަށް ޢަމަލުކުރުމުގައި ނުކުންނަ އެންމެހާއި މައްސަލަތަކާއި އަދި މި އުޞޫލުގައި ނެތްކަމެއް މެދުވެރިވެއްޖެނަމަ، އެކަމެއް ޙައްލުކުރުމަށް ކައުންސިލުން ފާސްކޮށް ނިންމާ ނިންމުންތައް މި އުޞޫލުގައި ހިމަނަންވާނެއެވެ. |