ދިވެހިރާއްޖެ
ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާގެ ނޯޓިސްއާގުޅޭ
21 ނޮވެންބަރު 2013 ވާ ބުރާސްފަތި ދުވަހުގެ ރޭ 09:00 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ބޭންކް އޮފް މޯލްޑިވްސް ޕލކ ގެ 30 ވަނަ އަހަރީ ޢާންމު ޖަލްސާގެ ނަންބަރު BML/CORP/2013/063 ނޯޓިސްއާ ހަވާލާދީ ދަންނަވަމެވެ.
2013 - 2014 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރުމަށް ހުށަހަޅާފައިވާ ފަރާތްތަކުގެ މަޢުލޫމާތު
2013 - 2014 ވަނަ އަހަރަށް ސަރުކާރުގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރުމަށް ހުށަހަޅާފައިވާ 07 ބޭފުޅުންނަކީ:
ނަން |
އެޑްރެސް |
|
1. |
އަލްފާޟިލް ޙަސަން ޞާބިރު (ޗެއަރމަން) |
ގ. ފިޔާތޮށިގެ، މާލެ |
2. |
އަލްފާޟިލާ ޢާއިޝަތު ނޫރައްދީން (އެގްޒެކެޓިވް ޑައިރެކްޓަރ) |
މ. ތާނގީދޮށުގެ، މާލެ |
3. |
އަލްފާޟިލް އާދަމް ޢާޒިމް |
މއ. ސީނުކަރަންކާގެ، މާލެ |
4. |
އަލްފާޟިލް ޙަސަން ޝަމީމް |
ހުޅުމާލެ ފްލެޓް 71- ޖީ - 01 |
5. |
ޑޮކްޓަރ އިސްމާޢީލް ޝަފީޢު |
މ. ޕޮޕީ، މާލެ |
6. |
އަލްފާޟިލާ ފާޠިމަތު މުޢާޛާ |
މއ. މާޅޭބޫގެ، މާލެ |
7. |
އަލްފާޟިލް މުޙަންމަދު އަމްޖަދު |
ދަފްތަރު ނަންބަރު 1683، މާލެ |
2013 - 2014 ވަނަ އަހަރަށް ޢާންމު ހިއްސާދާރުންގެ ފަރާތުން ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލައްވާފައިވާ ފަރާތްތަކަކީ:
ނަން |
އެޑްރެސް |
|
އަލްފާޟިލް މުޙަންމަދު ޢަބްދުއްސައްތާރު |
މއ. ޓިއުލިޕްވިލާ، މާލެ |
|
އަލްފާޟިލް އިބްރާހީމް މުޙަންމަދު |
ނެލުމް، ނ. ހޮޅުދޫ |
* ބޭންކުގެ ހިންގާ ގަވާއިދުގެ 47 ވަނަ މާއްދާގައިވާ ގޮތުގެމަތީން ބޭންކުގެ ބޯޑަށް ޢައްޔަންކޮށް އަދި އިންތިޚާބުކުރަންޖެހޭ 11 ޑިރެކްޓަރުންގެ ތެރެއިން ބާކީތިބި ޑިރެކްޓަރުންގެ މަޤާމުތަކަށް ކުރިމަތިލައްވާފައިވާ ޑިރެކްޓަރުންގެ ޤާނޫނީގޮތުން ކުރަންޖެހޭ ހުރިހާ ކަމެއް ފުރިހަމަވުމުން އިޢުލާންކުރެވޭނެ ވާހަކަ ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
* މަތީގައިވާ ބޭފުޅުންނާބެހޭ އިތުރު މަޢުލޫމާތު މިބޭންކުގެ ވެބްސައިޓް www.bankofmaldives.com.mv އިން ލިބިވަޑައިގަންނަވާނެއެވެ.
* މި ބޭންކުގެ ޑިރެކްޓަރުންގެ ބޯޑަށް ޢައްޔަން ކުރެވޭ އަދި އިންތިޚާބުކުރެވޭ ޑިރެކްޓަރުންނާ ދެމެދު ސަރވިސް ކޮންޓްރެކްޓެއް ހެދިފައިނުވާ ވާހަކަ އެންމެހައި ހިއްސާދާރުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
02 މުޙައްރަމް 1435