ދިވެހިރާއްޖެ
މަގާމު: އޮޑިޓަރ (ކޮންޓްރެކްޓް)
ބޭނުންވާ ޢަދަދު: 15
އުޖޫރަ (މަހަކަށް):
މުސާރަ: -/6295 ރުފިޔާ
ސަރވިސް އެލެވަންސް: -/2000 ރުފިޔާ
ލިވިންގ އެލަވަންސް: -/3000 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލްވަންސް: 2203/25 (އަސާސީ މުސާރައިގެ %35)
މަސައްކަތުގެ ވަގުތު: ސަރުކާރުގެ ރަސްމީ ގަޑި
މުއްދަތު: 1.5 މަސްދުވަސް.(ކޮމިޝަނުން ބޭނުން ވެއްޖެހިނދެއްގައި އެއްބަސްވުމުން މުއްދަތު އިތުރު ކުރެވިދާނެއެވެ.)
ފެންވަރު ނުވަތަ ޝަރުތު:
މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8 ނުވަތަ 7 ގެ ސަނަދެއް ހާސިލްކޮށްފައިވުން.
ނުވަތަ،
މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ ނުވަތަ ހައިޑިޕްލޮމާ (ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް)
ހާސިލްކޮށްފައިވުމާއެކު، 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.
ކުރަންޖެހޭ މަސައްކަތާއި ބެހޭ މަޢުލޫމާތު:
ހިއުމަން ރިސޯސް އޮޑިޓް
- ހިއުމަން ރިސޯސް އޮޑިޓް ކުރުމަށް ކޮމިޝަނުން އެކުލަވާލާފައިވާ ސްޓްރެޓިޖީތަކާއި، އުޞޫލުތަކާއި،އެސް.އޯ.ޕީތަކާ ޓޫލްތަކާއި އެއްގޮތަށް ސިވިލް ސަރވިސް
އިދާރާތަކުގެ ހިއުމަން ރިސޯސް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކުރުން.
މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:
މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، ކަނޑައެޅިފައިވާ ގޮތްތަކުގެ މަތިން، މި މަސައްކަތްކޮށްދިނުމަށް
ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުއަށް ބަލައިގެންނެވެ. މިގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.
- ތަޢުލީމީ ފެންވަރު - %30
- މަސައްކަތުގެ ތަޖުރިބާ - %20
- އިންޓަރވިއު - %50
- މަސައްކަތްކުރުމުގެ ޤާބިލްކަން ހުރިމިންވަރު
- ހިއުމަން ރިސޯސް އޮޑިޓް ކުރުމާބެހޭ މައުލޫމާތު އެނގޭމިންވަރު
ހުށަހަޅަންޖެހޭ ލިޔުންތައް:
- އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާކަމުގެ ސިޓީ.
- މަސައްކަތަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ
އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.
- މަސައްކަތަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ. (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
- މަސައްކަތަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ). (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
އެޕްލިކޭޝަން ފޮނުވަންވީ ތާރީޚު:
2017 ނޮވެންބަރު 27 ވާ ހޯމަ ދުވަހުގެ މެންދުރު ފަހު 13:00 ގެ ކުރިން ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާގެ (ހ. ވެލާނާގެ 12 ވަނަ ފަންގިފިލާ)
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:
މި މަގާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިއު 2017 ނޮވެންބަރު 28 އާއި 2017 ޑިސެންބަރު 3 އާ ދެމެދު މާލޭގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އިތުރު މަޢުލޫމާތު:
މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3307302 ނުވަތަ 3307303 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3303648 އެވެ.
އީމެއިލް އެޑްރެހަކީ [email protected]އެވެ. އިތުރު މަޢުލޫމާތު މި ކޮމިޝަންގެ ވެބްސައިޓް http://www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
26 ޞަފަރު 1439
15 ނޮވެންބަރު 2017