ކުއްޔަށް ދިނުން
ނަންބަރު: (IUL)249-A/249/2017/99
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:47
ސުންގަޑި: 20 ނޮވެންބަރު 2017 13:00
ތިލަދުންމަތީ އުތުރުބުރީ ކެލާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. ކެލާ ބަކަރިކޮށި ބެލެހެއްޓުން އެސްޓިމޭޓް އުޞޫލުން ދޫކުރުމާއިގުޅޭ

އިޢުލާން

ހއ . ކެލާ ބަކަރިކޮށި ބެލެހެއްޓުން އެސްޓިމޭޓް އުޞޫލުން ދޫކުރުމާއިގުޅޭ

        މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރީކަލްޗަރއާއި ކެލާ ކައުންސިލްގެ އިދާރާއާއި ގުޅިގެން މިރަށު ( ހއ . ކެލާ ) ގައި ހިންގާ މަޝްރޫޢެއްކަމުގައިވާ ބަކަރި އާލާކޮށްގެންގުޅުމުގެ މަޝްރޫޢުގެ ދަށުން ހަދާފައިވާ ބަކަރިކޮށި އެސްޓިމޭޓް އުޞޫލުން ބަލަހަށްޓަވާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

             އަދި މިބަކަރިކޮށި ބަލަހަށްޓަން ބޭނުންވެލައްވާ  ފަރާތްތަކުން ، އެކަމަށްއެދި " ޕްރޮޕޯސަލް " ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. ވީމާ މިކަމަށް އެދިލައްވާ ފަރާތްތަކުން 20 ނޮވެންބަރ 2017 ވާ ހޯމަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ނޮވެންބަރ 2017 ވާ ބުދަ ދުވަހުގެ 11:30 އަށް ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

             މަޢުލޫމާތު ސާފުކުރެއްވުމާއި ޕްރޮޕޯސަލް ހުށަހެޅުއްވުމުގައި ބައިވެރިވެވޭނީ ކޮންމެވެސް އެއް ހައިޞިށްޔަތަކުންނެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިއުމެއް ހުށަހެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފު ކުރެއްވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރިނުވާ ފަރާތްތަކުން ހުށަހަޅުއްވާ ޕްރޮޕޯސަލް ބަލައި ގަނެވެން ނެތްވާހަކަ ދަންނަވަމެވެ.

            މަޢުލޫމާތު ދިނުމާއި ޕްރޮޕޯސަލް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކެލާ ކައުންސިލްގެ މީޓިންގ ރޫމްގައެވެ. ވީމާ މި 02 ބައްދަލުވުމަށް ދުރުވާ ފަރާތްތަކުން މީޓިންރޫމަށް ހާޟިރުވުމަށް އަންގަމެވެ.

މާކުސްދެވޭނެ ތަފުސީލް                                                                     

މާރކުސްދެވޭ ކުރައިޓީރިއާ

މާރކުސް ދެވޭގޮތް

ތަފްސީލް

ފޯރމިއުލަރ

ކައުންސިލަށްލިބޭ ނަފާގެ ބޮޑު %

100%

ވިއްކާ ކޮންމެ ބަކަރިއަކުން ކައުންސިލަށް ލިބޭނެނަފާކަމަށް ހުށައެޅިފައިވާ އެންމެބޮޑުއަގު

އެސްޓިމޭޓްހުށައެޅި އެންމެ ބޮޑުއަގު / ހުށައެޅިއަގު100% x

15 ނޮވެންބަރު 2017