މަސައްކަތް
ނަންބަރު: (IUL)245/245/2017/24
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2017
ޕަބްލިޝްކުރި ގަޑި: 09:20
ސުންގަޑި: 26 ނޮވެންބަރު 2017 11:00
ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ހިޔާ އިމާރާތް މަރާމާތުކުރުމާބެހޭ

 

 

`

ތިލަދުންމަތީ އުތުރުބުރީ އުލިގަމު ކައުންސިލް އިދާރާ

އުލިގަން، ދިވެހިރާއްޖެ

 

                                                                                                         ނަންބަރ: IUL) 245/245/2017/24)

އިޢުލާން

 

"ރައްޔިތުންގެ ހިޔާ" އިމާރާތް މަރާމާތުކުރުމާބެހޭ

"އުލިގަމު ރައްޔިތުންގެ ހިޔާ" ޢިމާރާތް އަމިއްލަތަކެތީގައި މަރާމާތުކޮއްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ ތާރީޚުތަކަށް މަޢުލޫމާތު ސާފްކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް އުލިގަމު ކައުންސިލް އިދާރާއަށް ވަޑައިގެންދެއްވުންއެދެމެވެ.

މަޢުލޫމާތު ސާފުކުރުން

އަންދާސީ ހިސާބު ހުށަހެޅުން

20 ނޮވެމްބަރ 2017 ހޯމަ ، 11:00

26 ނޮވެމްބަރ 2017 އާދީއްތަ ، 11:00

 

މިމަސައްކަތަށް އެދި ހުށައަޅުއްވާ އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީ ހިސާބު ހުށައަޅުއްވަންވާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، އަންދާސީ ހިސާބު ހުށަހަޅުއްވަން އޮންނަ ގަޑި ހަމަވުމަށްފަހު ހުށަހަޅުއްވާ އަންދާސީ ހިސާބުތަކާއި މަޢުލޫމާތު ސާފްކުރުމަށް ހާޟިރު ނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މައުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވަންވާނީ އައި.ޑީ ކާޑްގެ އަސްލު ހިއްޕަވައިގެންނެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ، އެކަން ބަޔާންކޮށް މިއިދާރާއަށް ސިޓީއަކުން އަންގަވަންވާނެއެވެ. މަސައްކަތަށް އެދި ހުށަހަޅުއްވާ އަންދާސީ ހިސާބުތައް ކެނޑުން އޮންނާނީ، އަންދާސީ ހިސާބުތައް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޟިރުގައެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ އުލިގަމު ކައުންސިލް އިދާރާގެ 6500036 ނަންބަރު ފޯނަށެވެ.

25 ޟަފަރު  1439

14 ނޮވެމްބަރ 2017

 

 އަޙުމަދު ޒިޔާދު ޙަސަން

ކައުންސިލްގެ ނައިބް ރައީސް

14 ނޮވެންބަރު 2017